Roadha Mihaaru
ޅ. ޒޯންގެ ކުޅުން ލެ މެރީޑިއެން ރިސޯޓުގައި ފަށައިފި

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ޅ. ޒޯންގެ ކުޅުން ލެ މެރީޑިއެންގައި

14 ސެޕްޓެމްބަރ 2024

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ޅ. ޒޯންގެ ކުޅުން ލެ މެރީޑިއެން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ގައި އިއްޔެ ފަށައިފި އެވެ.

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ޅ. ޒޯންގެ ކުޅުން ލެ މެރީޑިއެން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ގައި އިއްޔެ ފަށައިފި އެވެ.

މި ޒޯންގެ ފުރަތަމަ މެޗުގައި ލެ މެރީޑިއެން ރިސޯޓުން ވަނީ އިއްޔެ 2-0 އިން އެޓްމޮސްފިއާ ކަނިފުށި ބަލިކޮށްފަ އެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ލެ މެރީޑިއެންގެ އަހުމަދު ސުހެއިލް އެވެ.

މި ޒޯންގައި ވާދަކުރަނީ ލެ މެރީޑިއަން އާއި ކަނިފުށިގެ އިތުރުން ސިކްސް ސެންސެސް ކަނުހުރާ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ އެއް ވަނަ ހޯދާ ޓީމެއް ފައިނަލަށް ހޮވޭއިރު، ފައިނަލްގެ ފަހު ޖާގައެއް ހޯދަން، ދެ ވަނަ އަދި ތިން ވަނަ ޓީމު ސެމީ ފައިނަލް މެޗެއް ކުޅޭނެ އެވެ.

މިއަދު، އެޓްމޮސްފިއާ ކަނިފުށި އަސި ސިކްސް ސެންސެސް ކަނުހުރާ ބައްދަލުކުރާއިރު، މާދަމާ ކަނުހުރާ އަދި ލެ މެރީޑިއެން ބައްދަލުކުރާ މެޗަށް ފަހު، ފައިނަލްގެ ސީދާ ޖާގައެއް ހޯދާ ޓީމު ޔަގީން ވާނެ އެވެ.

ސެމީ ފައިނަލް މެޗު އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ.