Roadha Mihaaru
ޅ. ޒޯންގެ ފައިނަލަށް ސިކްސް ސެންސެސް ކަނުހުރާ

ޅ. ޒޯންގެ ފައިނަލަށް ސިކްސް ސެންސެސް ކަނުހުރާ

18 ސެޕްޓެމްބަރ 2024

ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ޅ. ޒޯންގެ ފައިނަލުގެ ފަހު ޖާގަ ސިކްސް ސެންސެސް ކަނުހުރާ ހޯދައިފި އެވެ.

ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ޅ. ޒޯންގެ ފައިނަލުގެ ފަހު ޖާގަ ސިކްސް ސެންސެސް ކަނުހުރާ ހޯދައިފި އެވެ.

ކަނުހުރާ، ފައިނަލްގެ ފަހު ޖާގަ ހޯދީ، އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި 4-2 އިން އެޓްމޮސްފިއާ ކަނިފުށި ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނުހުރާގެ ކެޕްޓަން މުހައްމަދު މަހުދީ އެވެ.

ލީގު ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 6-6 އިން އެއްވަރު ވެގެންނެވެ.

މާދަމާ ކުޅޭ ފައިނަލްގައި ކަނިފުށި ނުކުންނާނީ، ލީގު ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ފައިނަލްގެ ސީދާ ޖާގައެއް ހޯދި ލެ މެރީޑިއެންއާ އެވެ.

ލީގު ބުރުގައި ކަނުހުރާ އާ ދެކޮޅަށް ކުޅުނު މެޗު ލެ މެރީޑިއަން ކާމިޔާބު ކުރީ 1-0 އިންނެވެ.

ލެ މެރީޑީއަން އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ.

މިދިޔަ އަހަރުގެ ޅ. ޒޯން ފައިނަލްގައި ލެ މެރީޑިއެން ބަލިވީ، ކޮކޫން މޯލްޑިވްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ކޮކޫން ވާދައެއް ނުކުރެ އެވެ.