އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.
20 އޮކްޓޯބަރ 2022
އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑަށް އަމަލުކުރަން ޖެހެ އެވެ. އެކަމަކު އެ މިންގަނޑާ ޚިލާފް ވިޔަސް، އެޅޭނެ ފިޔަވަޅެއް ކުރިއަކުން ނޯވެ އެވެ.
އިންތިޚާބުތަކާބެހޭ އާންމު ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައިވަނީ އިންތިޚާބީ ކުށެއް ވޭތުވެދިޔަ ފަސް އަހަރުތެރޭ ސާބިތުވެފައިވާ ނަމަ ނުވަތަ އިންތިޚާބުގެ ސުލޫކީ މިންގަނޑާ ޚިލާފްވެފައިވާ ކަމަށް އެ ކޮމިޝަނަށް ސާބިތުވެފައިވާ މީހުންނަށް މަންދޫބުންނާއި އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ހުއްދަ ނުދިނުމުގެ ބާރު އެ ކޮމިޝަނަށް އޮންނާނެ ކަމަށެވެ.
އިންތިޚާބީ ކުށުގެ ގޮތުގައި އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ގިނަ ކަންތައްތަކެއް ބަޔާންކުރެ އެވެ. އޭގެ ތެރޭގައި ދޮގު މައުލޫމާތު ދިނުމާއި ވޯޓުލާން މީހުންނަށް ހުރަސްއެޅުމާއި އެހެން މީހުންގެ ނަމުގައި ވޯޓުލުމާއި ވޯޓު ކަރުދާހުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މީގެކުރިން ބައެއް އިންތިޚާބުތަކުގައި ބައެއް ކެންޑިޑޭޓުންގެ މަންދޫބުންގެސުލޫކީ މިންގަނޑާ ޚިލާފަށް އަމަލު ކުރުމުގެ މައްސަލަތައް ފެންމަތިވެ އެވެ.
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
ހައްގެއް ހޯދަން 1،500 ސޮއި، އެއްލައްކަ ރުފިޔާ!؟
ކެމްޕެއިންތަކުގައި ގަވާއިދާ ހިލާފުނުވާން އިލްތިމާސްކޮށްފި
އީސީ އަށް އަކްރަމް އައްޔަން ކުރައްވައިފި
ލީޑަޝިޕުން އަންހެނުންނަށް ކޯޓާ ދޭން ޕާޓީތައް ގަބޫލު
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
އެމްޑީޕީން ހިތްހަމަނުޖެހުންތަކާ އެކު އިލެކްޝަންސަށް
އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟
އީސީގައި ތިއްބެވީ ކުފޫ ހަމަވާ ބައެއް ނޫން: ޝިފާޒު
ކޯޓުގެ ހުކުމާ ގުޅިގެން އެމްއެލްއެސްޑީޕީ އިއާދަކޮށްފި