Roadha Mihaaru
ގެސްޓްހައުސް ސިމްޕޯޒިއަމްގައި އެގްޒިބިޓްކުރުމުގެ ފުރުސަތު

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައި އެގްޒިބިޓް ކުރުމާއި ޕްރެޒެންޓް ކުރުމުގެ ފުރުސަތު

12 ސެޕްޓެމްބަރ 2024

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ބައިވެރިވާން ބޭނުންވާ އެގްޒިބިޓަރުންނާއި ވިޔަފާރި ހިޔާލުތަކާއި އިޖާދުތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ބައިވެރިވާން ބޭނުންވާ އެގްޒިބިޓަރުންނާއި ވިޔަފާރި ހިޔާލުތަކާއި އިޖާދުތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސިމްޕޯޒިއަމްގައި އެގްޒިބިޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގެސްޓްހައުސްތަކާ ގުޅޭ ކުދި ވިޔަފާރި ކުރާ ޒުވާނުންނަށެވެ. އޭގެ ތެރޭގައި ދާއިރާއާ ގުޅުން ހުރި ސޮފްޓުވެއާތައް ހަދާ ފަރާތްތަކާއި އެކި ވައްތަރުގެ ސުވެނިއާ އާއި ދާއިރާއާ ގުޅުން ހުރި އިޖާދީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް މި ސިމްޕޯޒިއަމްގައި އެގްޒިބިޓް ކުރެވޭނެ އެވެ.

މި ސިމްޕޯޒިއަމްގައި ރާއްޖޭގެ ޒުވާން ކްރިއޭޓަރުންނަށް އެ ފަރާތްތަކުގެ ވިޔަފާރި އާއި ވިޔަފާރި ހިޔާލު އަދި އީޖާދުތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިއީ ދިވެހި ޒުވާނުންނަށް ދޭން ނިންމާފައިވާ ފުރުސަތެއް ކަމަށް އެމްއައިބީއިން ބުނެ އެވެ. އަދި މި ފުރުސަތަކީ ޒުވާނުންނަށް ގެސްޓްހައުސްތަކުގެ ވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނަށް އެ ފަރާތްތަކުގެ ވިޔަފާރި އާއި އުފެއްދުން ހުށަހެޅުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެ ބެންކުން ސިފަކުރެ އެވެ. އަދި މިއީ މި ދާއިރާގައި ހުރި ފަންނުވެރި ޒުވާނުންގެ ހުނަރު ފެނިގެންދާނެ ޕްލެޓްފޯމެއް ކަމަށް އެމްއައިބީއިން ބުންޏެވެ.

މި ސިމްޕޯޒިއަމްގައި އެގްޒިބިޓްކުރަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރީގެ ހިޔާލުތަކާއި އުފެއްދުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީ ވެބްސައިޓުން ހިލޭ ރަޖިސްޓްރީ ކުރެވޭނެ އެވެ.

mibghs24 | Maldives Events

mibghs24 | Maldives Events

Think Associates Pvt Ltd

މި ލިންކުން ރަޖިސްޓްރީ ކުރެވޭނެ.

އެމްއައިބީއިން ބުނީ މި ފުރުސަތަކީ ޒުވާނުންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް، ވިޔަފާރިތައް ފުޅާ ކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކްރޮސް ރޯޑްސްގައެވެ. މިއީ ރާއްޖޭގައި ގެސްޓްހައުސްތަކަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.