މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި އެވެ.
13 ޑިސެމްބަރ 2025
މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި އެވެ.
ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބެންކުގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
އެއީ އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާކުރުމަށް އެ ބެންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި އޭޓީއެމްއެކެވެ. އެމްއައިބީއިން ރާއްޖޭގެ އެކި ހިސާބުތަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ބެންކުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ވެސް ދަނީ ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން އެހެން ބޭންކުތަކަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރަށް ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ބޭންކުން ދެ އެވެ.
އެމްއައިބީގެ ކާޑު ބޭނުން ކޮށްގެން ބާލީގެ ދެކޮޅު ޓިކެޓް
ރ. އަތޮޅާއި ހއ. އަތޮޅަށް އެމްއައިބީގެ ހިދުމަތްތައް
އިސްލާމިކް ރީޓެއިލް ބޭންކިންގެ ދެ އެވޯޑް އެމްއައިބީއަށް
އޭޓީއެމް ހުންނަ ބަސް ސްޓޭޝަންތަކެއް މާލޭގައި އަޅަނީ
އެމްއައިބީން ކްރޮސް ރޯޑްސްއާ އެކު މުރަކަ އާލާކުރަނީ
ތިންވަނަ ކުއާޓާގައި އެމްއައިބީއަށް ބޮޑު ކުރިއެރުމެއް
އެމްއައިބީގެ ސާވިސް ސެންޓަރެއް ފޮނަދޫގައި ހުޅުވައިފި
"ބޮޑު ދަރަނި" ދައްކަން ދައްޗެއް ނުވާނެ: މާހިރުން
އެމްއައިބީން ގެސްޓް ހައުސް އެވޯޑު ބާއްވަނީ
ފާހަގަކޮށްލެވޭ އިސްލާމީ ބޭންކްގެ އެވޯޑް އެމްއައިބީއަށް