ރާއްޖެއިން އެމްޕޮކްސް (މަންކީ ޕޮކްސް) ގެ ކޭސްއެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ދޮގު ކޮށްފި އެވެ.
13 ސެޕްޓެމްބަރ 2024
ރާއްޖެއިން އެމްޕޮކްސް (މަންކީ ޕޮކްސް) ގެ ކޭސްއެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ދޮގު ކޮށްފި އެވެ.
އެޗްޕީއޭން ބުނި ގޮތުގައި ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ފެތުރިފައި ވަނީ ހަގީގަތާ ހިލާފު ހަބަރެކެވެ. މިއަދާ ހަމައަށް ރާއްޖޭގައި އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެފްރިކާ ސަރަހައްދުން ފެނުނު ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ފެނިފައިވާ އިރު އޭގެ ތެރޭގައި ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ އިންޑިއާ ވެސް ހިމެނެ އެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެ އަށް އެމްޕޮކްސްގެ ޓެސްޓު ކިޓުތަކެއް ވެސް ހަދިޔާ ކޮށްފަ އެވެ.
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް މި ވައިރަސް އާންމުކޮށް ފޯރަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް އައުމާއި ރިއްސުމާ އެކު، ދޮސްލާފައި ހުންނަ ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
މެއި، 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި، 2022 އިން ފެށިގެން މެއި، 2023 އަށް އެ ހާލަތު ދެމެހެއްޓުމަށްފަހު އެ ބަލީގެ ކޭސްތައް މަދުވި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 445 މީހަކު މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިދިޔަ މަހު ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވެ އެވެ
އެމްޕޮކްސްގެ ހާލަތު މޮނީޓާކޮށް، ރާއްޖެއިން ތައްޔާރުވަނީ
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ
ރާއްޖެއިން މަންކީ ޕޮކްސް އަށް ޝައްކުވި މީހާ ނެގެޓިވް
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ
މަންކީޕޮކްސްގެ ޓެސްޓް ކިޓާއި ވެކްސިން ހޯދަނީ
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް