Roadha Mihaaru
ޓީއެފްޓީ: ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް

ރާއްޖޭގެ ޓީއެފްޓީ: ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް

14 ސެޕްޓެމްބަރ 2024

ޖަރުމަންގެ ލައިޕްޒިގުގައި މިހާރު ކުރިއަށްދާ ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް ރާއްޖޭގެ ޓީއެފްޓީ (ދި ފުޓްސަލް ޓައުން) ދަތުރު ކޮށްފި އެވެ.

ޖަރުމަންގެ ލައިޕްޒިގުގައި މިހާރު ކުރިއަށްދާ ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސްގެ ގަދަ 16 އަށް ރާއްޖޭގެ ޓީއެފްޓީ (ދި ފުޓްސަލް ޓައުން) ދަތުރު ކޮށްފި އެވެ.

ފައިނަލްސްގެ ގުރޫޕް ސްޓޭޖުގައި އިއްޔެ ރާއްޖޭން ވަނީ ފަސް މެޗު ކުޅެފަ އެވެ. އެގޮތުން މެންދުރު ވަނީ އިންޑިއާއާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ.

ގުރޫޕް ސްޓޭޖުގެ ބާކީ ތިން މެޗު ވެސް ކުޅުނީ ހަވީރު އެވެ. އެގޮތުން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އޮސްޓްރިއާއާ ދެކޮޅަށް ކުޅެ 3-2 އިން ބަލިވި އިރު، ބްރެޒިލްއާ ދެކޮޅަށް ކުޅެގެން ބަލިވީ 4-6 އިންނެވެ. އަދި ފަހު މެޗުގައި އެމެރިކާ އަތުން ބަލިވީ 5-1 އިންނެވެ.

ނޮކައުޓް ސްޓޭޖުގެ މެޗުތައް މިއަދު ފެށުމަށް ހަމަޖެހިފައި ވާއިރު، ގަދަ 16 ގައި ރާއްޖޭގެ ޓީމް ވާދަކުރާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 1:30 ގަ އެވެ.

ރެޑްބުލް ފޯ ޓޫ ސްކޯ އަކީ، ގޯލް ކީޕަރެއް ނުލައި ޓީމަކުން ހަތަރު ކުޅުންތެރިން އަރުވައިގެން ކުޅޭ މުބާރާތެކެވެ. މި މުބާރާތަށް ކޮލިފައިވާން ރެޑްބުލް އިން ވަނީ އެކި ގައުމުތަކުގައި ކޮލިފައިން މުބާރާޓްތައް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ރާއްޖޭގެ 10 ސަރަހައްދެއްގައި ކޮލިފައިންގެ ބުރުތައް ބާއްވައި، ފައިނަލް ބުރަށް ހޮވުނު 16 ޓީމުގެ ތެރެއިން އެއްވަނަ ހޯދައިގެން ވޯލްޑް ފައިނަލްސް އިން ޖާގަ ހޯދީ ޓީއެފްޓީ އެވެ. މި ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން (ޝާކާ)، އިސްމާއިލް މުނީޒް، މުހައްމަދު ވިލްފް، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އިބްރާހިމް ނާޖިހު (ހޭޓް) އެވެ.