ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ދަފްތަރުގައި މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
16 ސެޕްޓެމްބަރ 2024
ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ދަފްތަރުގައި މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަބްދުﷲ މުއާޒު އާދަމް "މިހާރު" އަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާ އެކު، ގާއިމުކޮށްފައިވާ އޮންލައިން ސިސްޓަމަކުން މި ވަގުތު ނަގާފައި ވަނީ މާލެ ސަރަަހައްދުގައި ހިންގާ ސަރުކާރުގެ ދެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު އެކަނި ކަމަށެވެ.
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާފައިވާ މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދާ ހަމައަށް 1،400 މީހުން އެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އަދިވެސް ޑޭޓާތައް ނެގުމުގެ މަސައްކަތް ކުރަމުން. އޭގެ ފަހުގައި ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓެއް ހުރި ނަމަ އެ މީހުން މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ވެސް އަންހެނުންގެ މެދުގައި އުރަމަތީގެ ކެންސަރު ގިނަ ކަމަށް ފާހަގަކުރެވެ އެވެ. ފިރިހެނުންގެ މެދުގައި ގިނައީ ފުއްޕާމޭގެ ކެންސަރެވެ.
"ދަފްތަރު އެކުލަވައިލުމުގެ މަސައްކަތަށް މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އެ މައުލޫމާތަށް ބަލާއިރު ހަމަ ކުރިން ފާހަގަކުރި ޓްރެންޑް މި އޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި، ކެންސަރު ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.
ރާއްޖޭގައި ކެންސަރު ބަލި ވަރަށް ބޮޑަށް އާންމުވެފައިވާއިރު، އެޗްޕީއޭ އިން ބުނި ގޮތުގައި އަނގައިގެ އަދި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުން ހުރި ކަންތައްތަކެވެ. ދުންފަތުގެ އިސްތިއުމާލް ކުރުމާއި ދުފުމަކީ ކެންސަރަށް މަގުފަހިވާ ކަންތައްތަކެވެ.
އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 2021 ވަނަ އަހަރު ހެދި ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވަނީ އުމުރުން 8 އަހަރުގަ އެވެ. އެ ދިރާސާގައި 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި އެވެ.
އާސަންދަ ކުންފުނިން ކުރިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި ކެންސަރާ ގުޅުން ހުރި ކަންކަމުގައި މިދިޔަ އަހަރު 10،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އެކަމަކު ބަލި ޖެހިފައިވާކަން ޔަގީންވެ، ފަރުވާ ހޯދި މީހުންގެ ސީދާ އަދަދެއް ނޭނގެ އެވެ.
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ
ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ކެންސަރު ބަލި މިއަށްވުރެ ސީރިއަސްކޮށް ނަގަންވެއްޖެ
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!