Roadha Mihaaru
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު

ކެޕްޓަން އާއި ރައިސް ނެތި ޓޮޓެންހަމް ބަލިކުރުމުން އާޓެޓާގެ ތައުރީފް

16 ސެޕްޓެމްބަރ 2024

ލަންޑަން (ސެޕްޓެމްބަރު 16) - ކެޕްޓަން މާޓިން އޮޑެގާޑް އަދި މިޑްފީލްޑަރު ޑެކްލަން ރައިސް ނުލައި އާސެނަލް އިން 1-0 އިން ޓޮޓެންހަމް ބަލިކުރުމާ ގުޅިގެން ކޯޗު މިކެލް އާޓެޓާ ކުޅުންތެރިންނަށް ތައުރީފް ކޮށްފި އެވެ.

ލަންޑަން (ސެޕްޓެމްބަރު 16) - ކެޕްޓަން މާޓިން އޮޑެގާޑް އަދި މިޑްފީލްޑަރު ޑެކްލަން ރައިސް ނުލައި އާސެނަލް އިން 1-0 އިން ޓޮޓެންހަމް ބަލިކުރުމާ ގުޅިގެން ކޯޗު މިކެލް އާޓެޓާ ކުޅުންތެރިންނަށް ތައުރީފް ކޮށްފި އެވެ.

އިންޓަނޭޝަނަލް ބްރޭކުގައި، ނޯވޭ ގައުމީ ޓީމުގެ ވެސް ކެޕްޓަން އޮޑެގާޑްގެ ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ. އަދި ބްރޭކުގެ ކުރިން އާސެނަލް ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ރައިސް ހުރީ ސަސްޕެންޝަނުގަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި އާސެނަލް މޮޅުކޮށްދިން ގޯލު، ބުކަޔޯ ސަކާ ނަގައިދިން ކޯނަރަކުން 64 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އެވެ.

"ރަނގަޅު ވަގުތުތަކާއި ގޯސް ވަގުތުތައް ވެސް ދިޔަ. ގޯސްވީ، ތިބި ކުޅުންތެރިންނާ އެކު އަހަރެމެންގެ ޕްލޭނަށް ހޭނެން ވަގުތުކޮޅެއް ނެގުމުން،" މެޗަށް ފަހު އާޓެޓާ ބުންޏެވެ.

"މެޗު ވަރަށް ސަޅި. މޮޅުވުން އަމާޒަކީ، މޮޅުވާން މެޗުގައި ބައެއް ފަހަރު ހުތުރު ކުޅުމެއް ވެސް ކުޅެން ޖެހިދާނެ. އެމީހުން އެކަން ކުރަން ވަރަށް ފޯރި ވެސް ހުންނާނެ. އޮޑެގާޑް އަށް އަނިޔާވި ހަބަރާ އެކު ކުޅުންތެރިން ތިބީ މެޗަށް މާ ބޮޑަށް ކެތްމަދުވެފައި،"

މި މެޗުގައި ކައި ހަވާޓްޒް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިސާރިއޯ މަތަކުރި އިރު ޓޮޓެންހަމްގެ ޑިޔާން ކުލުސެވްސްކީގެ ހަމަލާތަކެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވެސް ވަނީ މަތަކޮށްފަ އެވެ.

އާސެނަލް އަށް ވަނީ މިއާ އެކު 10 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތީ މި ހަފްތާ ބަންދުގައި 2-1 އިން ބްރެންޓްފޯޑް ބަލިކޮށް 12 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހަތުން އަރައި 2-1 އިން ވުލްވްސް ބަލިކޮށް، 10 ޕޮއިންޓާ އެކު އާސެނަލްގެ ފަހަތުގައި ތާވަލްގެ ތިންވަނައަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ.