16 ސެޕްޓެމްބަރ 2024
ފިރިހެނުން ގެއަށް ވައްދައި އެ މީހުން ބަރަހަނާކޮށް، ފޭރޭ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ފިރިހެނުން ގެއަށް ވައްދައި އެ މީހުން ބަރަހަނާކޮށް، ފޭރޭ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާ ކުރަން ފޮނުވީ މއ. މަސްފަން، އާއިޝަތު އާއި މއ. މަސްފަން، މުހައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ. ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވާފައިވާ ކަމަށެވެ.
އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ވެސް ނަގާފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އެ ހާދިސާ ހިނގި މއ. މަސްފަންގެ އަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކާ ކަމުގެ ރެކޯޑް އޮތް ތަނެއް ކަމަށެވެ.
ހާދިސާގައި ކަން ހިންގާފައިވާ ގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށެވެ. އޭނާ އެ ގެއަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް، އޭނާގެ ފޯނު އަތުލި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަދި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވެ އެވެ.
މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ ކުށް ކުރަނީ، ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
ވަގަށް ނެގި މުދާތަކަކާ ހެދި ދެ މީހަކު ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
އިނަ މޯލްޑިވްސްގެ އޮފީސްތައް ފަޅާލި މީހާ ހައްޔަރުކޮށްފި
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު
މީހުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެނީ!