ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
17 ސެޕްޓެމްބަރ 2024
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން ބޭއްވި ތިން ވަނަ ޖަލްސާގައި ޕީޖީ ކަމަށް އައްބާސް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އޭނާގެ ނަން ދިރާސާ ކުރުމަށް ފަހު، ޖުޑިޝަރީ ކޮމިޓީން ވަނީ އައްބާސް އަށް 93.91 މާކްސް ދީފަ އެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.
އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކި ކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
ބޮޑު ހިޔާނާތް: ލުއިތައް އުވައިލުމުން ރައީސްގެ މަރުހަބާ
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
ނުފޫޒެއް ނުފޯރުވޭނެ، ބިރެއް ނުދެއްކޭނެ: އައްބާސް
ދައުވާތަކާއި ބަންދުގެ މައްސަލަ ރިވިއުކުރަން ހުޅުވާލައިފި
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
އަދުލުގެ ނިޒާމާބެހޭގޮތުން އޭޖީ އާއި ޕީޖީ މަޝްވަރާކޮށްފި
ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި