އިންޑިއާގައި ކުށުގެ ތުހުމަތުވާ މީސްމީހުންގެ އަމިއްލަ ގެދޮރު ބިމާ ހަމަކޮށް ނައްތާލުމަކީ "ބުލްޑޯޒާ ޖަސްޓިސް" ކަމަށް ސިފަކޮށް އެކަން ނުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
އިންޑިއާގައި ކުށުގެ ތުހުމަތުވާ މީސްމީހުންގެ އަމިއްލަ ގެދޮރު ބިމާ ހަމަކޮށް ނައްތާލުމަކީ "ބުލްޑޯޒާ ޖަސްޓިސް" ކަމަށް ސިފަކޮށް އެކަން ނުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ސަރުކާރުން، ދައުވާ ލިބޭ މީސްމީހުންގެ ގެދޮރު ތަޅާލައި ނަގަމުން ދަނީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަން ކަމަށް ބުނެ އެވެ.
މި މައްސަލައިގައި އެތައް ބަޔަކު ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވަންދެން ވެސް މިފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށެވެ.
މި މައްސަލައިގައި މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމެއްގައި ކޯޓުގެ ފަނޑިޔާރުން ވަނީ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ގެދޮރު ތަޅައި ސުންނާފަތިކުރުމަކީ "ގާނޫނީ ބިމުގައި ބުލްޑޯޒަރު ދުއްވުން" ކަމަށް ވިދާޅުވެފަ އެވެ.
"މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވުމަކީ މިގޮތަށް ގެދޮރު ނައްތާލުމަށް ހަމައެއްގެ ގޮތުގައި ދެއްކޭނެ ކަމެއް ނޫން،" ފަނޑިޔާރުން ވިދާޅުވެފައިވެ އެވެ.
ހައްގުތަކަށް ވަކާލާތުކުރާ މީހުން ބުނަމުން ދަނީ މިއީ ގާނޫނީ އެއްވެސް ހަމައެއް ނެތި، އިންޑިއާގެ މުސްލިމުންނަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްގެން ހިންގާ އަމަލުތަކެއް ކަމަށެވެ.
"ކުށްވެރިއަކަށް ވިޔަސް ގެދޮރު ތަޅާނުލެވޭނެ... އެކަން ކުރެވޭނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް އޮތް އިޖުރާއަތުގެ ތެރެއިން،" މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބުޝަން ރާމްކްރިޝްނާ ގަވައި ވިދާޅުވި އެވެ.
މިގޮތަށް ގެދޮރު ނައްތާލުމުގެ ކެމްޕެއިން އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ވެރިކަމުގައި ހުރި، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ހާމުދުރެއް ކަމަށްވާ ޔޯގީ އާދިތުޔަނާތު އެވެ. އޭނާ އަކީ މޯދީއަށް ފަހު ދެން ޕާޓީގެ ވެރިޔަކަށް ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ލީޑަރެވެ.
އޭގެ ފަހުން އެކި ސްޓޭޓްތަކުގައި މިގޮތަށް ގެންދަނީ އަމަލުކުރަމުންނެވެ.
ސަރުކާރުގެ އޮފިޝަލުން ބުނަނީ މިގޮތަށް ގެދޮރު ނައްތާލަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެހެން ހަދަނީ ގާނޫނާއި ގަވައިދާ ހިލާފަށް އިމާރާތްކޮށްފައި ހުންނަ ތަންތަން ކަމަށެވެ. އެކަމަކު މި އަނިޔާ ލިބުނު މީހުން ބުނާ ގޮތުގައި އެ މީހުން އިމާރާތްކޮށްފައި ވާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި ގެދޮރު ތަޅާލުމުގެ ކުރިން އެކަށީގެންވާ މުއްދަތެއްގެ ނޯޓިސްއެއް ވެސް ނުދޭ ކަމަށް ބުނެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ބުނެފައިވަނީ މިއީ އިންޑިއާގައި އޮތް ނާއިންސާފާ ދެކޮޅަށް ވާހަކަ ދައްކާ މުސްލިމުންނާ ދިމާކުރުމުގެ ތެރެއިން ހިންގަމުން އަންނަ އަމަލެއް ކަމަށެވެ. -- އޭއެފްޕީ
ތާޖް މަހަލްގެ ކޮޓަރިތައް ހުޅުވަން ހުއްދަ ނުދިން
މައްސަލަ ބޮޑު ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
ހިންދޫ އެއްވުމަށް ދާން އުޅުނު ބަޔަކު ފިތިގެން މަރު
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
ހަރުކަށި ހިންދޫންނާ ގުޅުން އިންޑިއާގައި ހުއްދަކޮށްފި
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
ލޮކް ސަބާގެ ރައީސް ހޮވަން 48 އަހަރުތެރޭ ވޯޓެއް
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި