Roadha Mihaaru
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް

ޖީއައިއެފްއޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް

19 ސެޕްޓެމްބަރ 2024

ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ދޭ ގްލޯބަލް އިސްލާމިކް ފައިނޭންސް އެކްސެލެންސް އެވޯޑް މޯލްޑިވްސް އިސްލާމިކް ބެންކަށް ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ދޭ ގްލޯބަލް އިސްލާމިކް ފައިނޭންސް އެކްސެލެންސް އެވޯޑް މޯލްޑިވްސް އިސްލާމިކް ބެންކަށް ލިބިއްޖެ އެވެ.

ވިލާ ނޯޓިކާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި އެމްއައިބީގެ ފަރާތުން މި އެވޯޑާއި ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ އެވެ. ރިޒާ ވިދާޅުވީ މި އެވޯޑަކީ އެ ކުންފުނިން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ އަލި ގަދަ ހެއްކެއް ކަމަށެވެ.

މި އެވޯޑު ހަފްލާގައި ޓްރާންސްފޮމޭޝަން ލީޑަރުގެ އެވޯޑް އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމްރީ އަށް ވަނީ ލިބިފަ އެވެ. މިއީ އޭނާގެ ލީޑާޝިޕުގެ ދަށުން އެމްއައިބީއިން ކުރަމުންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ފާހަގަކޮށް އޭނާއަށް ދީފައިވާ އެވޯޑެކެވެ.

އެ އެވޯޑާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މުފައްދަލް ވަނީ އެމްއައިބީގެ ޓީމުން މެދުނުކެނޑި ރާއްޖޭގެ ބެންކިން ދާއިރާ ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެމްއައިބީގެ ޓީމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެމްއައިބީގެ ޓީމަކީ އެކުވެރި، ޕްރޮފެޝަނަލް ޓީމެއް ކަމަށާއި އެ އެވޯޑަކީ އެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުފައްދަލް ވިދާޅުވީ އެމްއައިބީގައި މަސައްކަތްކުރާ ފަދަ ޓީމެއް ލީޑުކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

އެމްއައިބީއަކީ ރާއްޖޭގެ ބެންކިން ދާއިރާއަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނުވި ބޭންކެކެވެ. އެ ބެންކުން ދަނީ ޑިޖިޓަލްކޮށް ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ބެންކް އެކައުންޓުތައް ހުޅުވުމާއި އެ ކުންފުނީގެ ފައިނޭންސިން ފެސިލިޓީއަށް ހުށަހެޅުން ފަދަ އެކި ހިދުމަތްތައް ހިމެނެ އެވެ.