19 ސެޕްޓެމްބަރ 2024
މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުން މިހާތަނަށް 22 ތަނެއް ބަލައި ފާސްކޮށްފި އެވެ.
މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުން މިހާތަނަށް 22 ތަނެއް ބަލައި ފާސްކޮށްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކަށް ހާއްސަކޮށް އަދި އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހުން ކަން ޔަގީންކުރުމަށް ހާއްސަ އިންސްޕެކްޝަނެއް އިއްޔެ ހިންގާފައިވާ ކަމަށެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ އިންސްޕެކްޝަންގައި 22 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ހަތް ބިދޭސީއަކު ވަނީ ހިފަހައްޓައިފަ އެވެ. އެއީ ހުސް އަންހެނުންނެވެ.
އެ ބިދޭސީންނަށް ވަޒީފާ ދިން މީހުންގެ ތެރެއިން ހަތް މީހަކަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމް ބައިވެރިވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ވެސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ މިދިޔަ ހަފުތާގައި ފަށައިފަ އެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގަނީ.-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
ސެލޫން ހިންގާ ސުޒޫ ވެސް ޑީޕޯޓްކޮށްލައިފި
ރިޓްޒް ސެލޫން ހިންގާ ރަޖަނީ ޑީޕޯޓްކޮށްފި
ސައިހޮޓާތަކެއްގައި ދިރިއުޅުނު ބިދޭސީން ހިފަހައްޓައިފި
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް
އިމިގްރޭޝަންގެ ޓީމު ފެނުމާއެކު ދުއްވައިގަތީ ފިލަން!
3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެ ޑީޕޯޓުކޮށްފި
މި ފަހަރު ހެދިކާ މަތީގައި ހުރީ މުންޑު އަޅާފައި!
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ