Roadha Mihaaru
ރިޓްޒް ސެލޫން ހިންގާ ރަޖަނީ ޑީޕޯޓްކޮށްފި

ދިވެހިންގެ މެދުގައި މަގުބޫލް ރިޓްޒް ސެލޫންގެ ރަޖަނީ ޑީޕޯޓުކޮށްފި

24 އޯގަސްޓް 2024

"ރިޓްޒް ބިއުޓީ ސެލޫން" ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ، ރާއްޖެ އިން ޑީޕޯޓު ކޮށްލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ރިޓްޒް ބިއުޓީ ސެލޫން" ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ، ރާއްޖެ އިން ޑީޕޯޓު ކޮށްލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިޔަ، ނޭޕާލަށް އުފަދަން ރަޖަނީ ނުވަތަ އާންމު ނަމުން ނަމަ ރިޒްއާ ގުޅޭ ގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާއަކީ ދޫކޮށްފައިވާ ހުއްދަ (ވިސާ) ގެ ބޭރުން ވިޔަފާރި ކުރަމުންދިޔަ މީހެކެވެ. އޭނާއާ އެކު މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީ މުވައްޒަފުންގެ ވެސް ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އެ މީހުން ވެސް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް މި މަހުގެ 13 ވަނަ ދުވަހު ޑީޕޯޓް ކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޓިކްޓޮކުގައި ވެސް ދިވެހި އޯޑިއަންސް މެދުގައި މަގްބޫލުކަން ހޯދި ރަޖަނީގެ ރިޓްޒް ސެލޫނަކީ ދިވެހިންގެ މެދުގައި މަގުބޫލު ތަނެކެވެ.

ރަޖަނީ ރާއްޖެ އައިސް ފެބްރުއަރީ 2020 ގައި ވަނީ އިސްލާމްވިކަން އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން އޭނާގެ ނަން ބަދަލުކޮށްފައި ވަނީ އައިޝަތު ރިޒްގިން އަށެވެ.

ލެބޯޓްރީ ޓެކްނީޝަންގެ ދާއިރާ އިން ކިޔަވައިގެން ރަޖަނީ ރާއްޖެ އައީ 2016 ގަ އެވެ. އޭގެ ފަހުން އެކިއެކި އަމިއްލަ ކުންފުނިތަކުގައި އޭނާ މަސައްކަތް ކޮށްފައި ވެ އެވެ.