21 ސެޕްޓެމްބަރ 2024
މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން އަނެއްކާވެސް ނަގަން ފަށައިފި އެވެ.
މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން އަނެއްކާވެސް ނަގަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ އުޅަނދުތައް ނަގަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
މާލެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފުލުހުންނާއި ކައުންސިލް މުވައްޒަފުން މަސައްކަތް ކުރަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކައުންސިލުން ބުނި ގޮތުގައި މާލޭގެ އެކި މަގުތަކުގައި ބޭނުން ނުކުރާތާ އެތައް އަހަރެއްވީ އުޅަނދުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ވެހިކަލްތައް ހުރީ ބާވެ، އެކި ބައިތައް ވެސް ނެތިފައި ކަމަށް ކައުންސިލުން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މިދިޔަ ފެބުރުއަރީ މަހު، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ވެސް ކުރި އެވެ.
މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފުލުހުންނާއި ކައުންސިލް މުވައްޒަފުން މަސައްކަތް ކުރަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެފަހަރު މާލެ އާއި ހުޅުމާލޭގެ މަގުތަކުން ބާ އުޅަނދުގެ ގޮތުގައި، 200 ވެހިކަލް ނަގައި ނައްތާލި އެވެ.
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ކޮންމެ ހުކުރުދުވަހަކު ބައެއް މަގުތައް ބަންދުކުރަނީ
ޓޯކުރާ ވެހިކަލް ދޫކުރާނީ ދެ ދުވަސް ފަހުން
ސައިލެންސަރަށް ބަދަލު ގެންނަ ވެހިކަލްތައް ހިފަހައްޓަނީ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
ޓެކްސީއެއް ޓޯކުރަނިކޮށް ލިބުނު ގެއްލުން މަރާމާތުކޮށްދެނީ
ލައިސަންސް ޓެސްޓް ހެދުމުގެ އުސޫލު ބަދަލުކުރަނީ
ވެހިކަލް ބޭނުންކުރެވޭ މުއްދަތު ކަނޑައަޅަން ސާވޭއެއް
"ފަންކާ ވަގެއް" ހައްޔަރުކޮށް ބަންދަށް