02 ޖެނުއަރީ 2019
ކޮންމެ ހުކުރު ދުވަހަކު ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ކޮންމެ ހުކުރު ދުވަހަކު ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހު ބަންދުކޮށް އާއިލާތަކާއި ކުޑަކުދިންނަށް "ޖަޒީރާ މާހައުލެއް" ހޯދައިދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ތެރޭގައި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ އެއް މަސް ދުވަސް ހަމަވެފައި ވަނީ، ބަންދު ދުވަސްތައް ނުލައި، މިދިޔަ މަހުގެ 31 އަށެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ވަކި ވަގުތުތަކެއްގައި މަގުތައް ބަންދުކުރަން ފަށާއިރު ވެސް މަދުވެގެން 10 މަގެއް ބަންދުކުރާނެ ކަމަށެވެ. ނަމަވެސް އެ މަގުތަކާއި ބަންދުކުރަން ފަށާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.
"ފަށައިގަންނަ އިރު މަދުވެގެން 10 ސަރަހައްދެއް ބަންދު ކުރާނަން. މިކަމަށް އޮންނަ ތާއީދަކަށް ބަލާފައި މިކަން ފުޅާކުރަން ވިސްނާނީ،" ޝާމިން ވިދާޅުވި އެވެ.
މަގުތައް ބަންދުކުރަން ނިންމާފައި ވަނީ ހެނދުނު 6:30 އިން 10:30 އަށެވެ.
މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.
"މާލޭގައި އުޅޭ މީހުންތައް އަބަދު ބަންދުވެފައި އެ ހުންނަނީ. މި މަގުތައް ހުކުރު ދުވަހު ބަންދުކުރެވުނީމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މާލެއިން ޖަޒީރާ މާހައުލެއް އިހްސާސް ކުރެވޭނެ،" ޝާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގުތައް ބަންދުކުރަން ނިންމާފައި ވާނީ ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ.
"އެއީ ހެނދުނު ދަތުރު ދާން ބޭނުންވާ މީހުންނަށް އަދި މެންދުރު ހުކުރު ނަމާދަށް ދާން ބޭނުންވާނެ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ. މި ސަރުކާރުން ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލަ އެވެ.
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
އިމާރާތަކުން ބާލިދީއެއް ވެއްޓި މީހެއް ގައިގައި ޖެހިއްޖެ
މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފަށައިފި
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާ ކޮށްފި
ތައިސޭ ކޮށި އެއްވެސް ބަޔަކަށް ދޫނުކުރާނެ: މުއިއްޒު
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފުލުހުން ހާއްސަކުރަނީ
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި