ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވާތީ މިއީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ
ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެ އިން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރި ދައުރެއް އަދާކުރުމަށް، ހާއްސަ ގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެން ރައީސް ފާހަގަކުރެއްވީ ހަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ވާހަކަތަކެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އދ. ގެ މައި މަރުކަޒަށް ވަޑައިގެން މެހުމާނުންގެ ހާއްސަ ފޮތުގައި ލިޔުއްވާއިރު، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް އާއި އެހެން އިސް އޮފިޝަލަކު އަރިހުގައި.---ފޮޓޯ: ރައީސް އޮފީސް
"ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެ އަށް ލިބުން މުހިންމު ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާގެ ވާހަކައިގައި ބައިނަލްއަގުވާމީ މައްސަލަތަކުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރާއްޖެ އަށް ކުރިމަތިވާ މުހިންމު އެހެން ކަންތައްތަކުގައި ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ގުޓާރޭޒް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސް ކުރުމުގައި އެންމެހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"
"ދިވެހިންނަށް ފައިދާވާ ހުރިހާ މަގަކުން ކުރިއަށްދާނަން"
އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ތައުރީފު ހައްގު
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް: އިންޑިއާގެ ރައީސް