23 ސެޕްޓެމްބަރ 2024
ގދ. ތިނަދޫން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ގދ. ތިނަދޫން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެ ރަށު ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތުލުން ވެސް އާދިއްތަ ދުވަހު ބާއްވާނެ ކަމަށެވެ.
ދެކުނުގައި އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ތިނަދޫން ދިރިއުޅުމަށްޓަކައި 200 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ ގޯތިތަކަށް އިއުލާންކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އޭގެ ތެރޭގައި ތިނަދޫ ރައްޔިތުންނަށާއި ދަފްތަރު ހިމެނޭ މީހުންނަށާއި ރަށުން ބޭރު މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނަށާއި ތިނަދޫގައި ވިޔަފާރިކުރާ ރަށުން ބޭރު މީހުންނަށާއި ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ގޯތިތައް ހިމެނެ އެވެ.
އެއީ 1،500-2،000 އަކަފޫޓުގެ ގޯތިތަކެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނި ގޮތުގައި، ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ ގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ތަރުތީބުން ގޯތި ހަމަޖެއްސުމަށް ފަހު، ކެޓެގަރީ A އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނާއި ކެޓެގަރީ B އަށް ކަނޑައެޅިފައިވާ 66 ގޯތީގެ ތެރެއިން 48 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނަށް ގޯތި ލިބުނުކަން ވަނީ ޔަގީން ވެފަ އެވެ.
އެހެންވެ، ކެޓެގަރީ A އިން 77 ޕޮއިންޓް ލިބުނު މީހުންނާއި ކެޓެގަރީ B އިން 47 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މީގެ އިތުރުން ކެޓެގަރީ C އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް، ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ހަމަވެ ޔަގީންކުރެވިފައި ވާތީ، އެ ކެޓެގަރީއަށް ގުރުއަތުލުމުގެ މަރުހަލާއެއް ނުބޭއްވޭނެ ވާހަކަ ދަންނަވަމެވެ،" އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ބުނީ ގުރުއަތުލުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ކަމަށެވެ. ހަމަ އެ ދުވަހު ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
ގުރުއަތުލުމަށް ހާޒިރުވާ މީހާއަކީ ގޯއްޗަށް އެދުނު މީހާ ނޫން ނަމަ ބަދަލުގައި ފޮނުވާފައިވާ މީހެއްކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑުގެ ކޮޕީއެއް އަދި ގޯތި ލިބޭ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންވާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ގުރުއަތުލުމަށް ނުދެވޭ ނަމަ އަދި ބަދަލުގައި މީހަކު ނުފޮނުވޭ ނަމަ ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ސިޓީ ކައުންސިލުން ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ގޯތި ދޫކޮށްގެން ތިނަދޫގެ ޕްލޭނަކީ ސިޓީއެއްގެ ދަރަޖަ!
ތިނަދޫން ރަށުން ބޭރު މީހުންނަށް ގޯތި ދެނީ
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ
ތިނަދޫ ފްލެޓުތަކަށް އެދި ގިނަ ބަޔަކު ކުރިމަތިލައިފި
ތިނަދޫގެ 200 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލަނީ
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ހަވާލުކޮށްފި
ތިނަދޫ ކައުންސިލްގެ ދަރަޖަ ބަދަލުނުކުރެވޭނެ: އެލްޖީއޭ
ތިނަދޫ ރަށްވެހިކަން ދޫކޮށްލުމުން ނަގާ ފީ ބާތިލްކުރަނީ
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5000ރ.ގެ ފީއެއް