Roadha Mihaaru
ރައީސް، ޔޫއެސްއެއިޑްގެ އިސްވެރިއަކާ ބައްދަލުކުރައްވައިފި

ރައީސް، ޔޫއެސްއެއިޑްގެ އިސްވެރިއަކާ ބައްދަލުކުރައްވައިފި

25 ސެޕްޓެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ އެހީ ދޭ އެޖެންސީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ އެހީ ދޭ އެޖެންސީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އދ. ގައި މިހާރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރައީސް މުއިއްޒު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވައާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ރާއްޖެ އިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރެއްވި ކަމަށާއި އެ ޕްލޭންތަކަށް އެ އެޖެންސީގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ދިވެހިރާއްޖޭގައި ޕޭޕާލްގެ ހިދުމަތްތައް ބޭނުންކުރެވޭނެ މަގުފަހިކުރުމާއި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޕީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުސަތުތަކާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވައާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވައާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ދެ ބޭފުޅުން ވެސް ވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާ މެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނެ ކަހަލަ މަސައްކަތްތަކުގައި އެއްބާރުލުން ދޭނޭ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ރައީސް ވަނީ ރޭ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ތަގުރީރުކުރައްވައިފަ އެވެ.

އެމަނިކުފާނު އެމެރިކާއަށް ކުރައްވާ މި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ވެރިންނާއި އިސްވެރިން އަދި އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ވެރިންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.