ހުޅުމާލެއިން ހޮވައިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
25 ސެޕްޓެމްބަރ 2024
ހުޅުމާލެއިން ހޮވައިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ 1 ގައި ހުންނަ އަލިނަރު ކެފޭ ކައިރިން ހޮވައިގެން ގެންގޮސްފައިވާ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"މި ކުކުޅު ކޭހުގެ ވެރި ފަރާތުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އައްޑޫގައި ގެއެއްގައި ޕެޓަކަށް ގެންގުޅުނު ހާލެއް ގެއްލިގެން އެ ހޯދުމުގެ މަސައްކަތް ވެސް އޭގެ ވެރިފަރާތުން މީގެ ދުވަސްކޮޅެއް ކުރިން އިއުލާނުކޮށްފައިވެ އެވެ. "ފަރީދު" ކިޔާ އެ ހާލަކީ ކުޑައިރުއްސުރެ އެ ގޭގެ މީހުން އޮޅުކޮށްގެން ގެންގުޅުނު އެއްޗެކެވެ. އޭގެ އެއް ފައިގައި ރަން ކެވެލި ކޮޅެއްގައި ވެސް އައްސާފައި އޮތެވެ.
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އަނެއްކާވެސް ޕިކަޕަކުން ކުލަ ފާޓާތަކެއް ވެއްޓިއްޖެ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު