އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު ދަންޖެހި މަރުވި ކަމަށް ބުނާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ފޮނުވައިފި އެވެ.
02 ނޮވެމްބަރ 2021
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު ދަންޖެހި މަރުވި ކަމަށް ބުނާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ފޮނުވައިފި އެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.
ދަންޖެހުމުގެ މައްސަލައެއްގެ ގޮތުގައި ރިޕޯޓުކުރި ނަމަވެސް އެ މަރުގައި ބޮޑެތި ޝައްކުތަކެއް އުފެދިގެން އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފި އެވެ. އެ މައްސަލައިގައި ޝައްކު ކުރެވިގެން އޭނާގެ ފިރިމީހާ، މާވިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.
އަދި އެ މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ދިވެހި އަންހެން ނަރުހެއްގެ ފޯނު ވެސް އިއްޔެ ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރެފައި ބްރޭކަށް ލިބުނު ވަގުތުކޮޅެއްގައި ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ މާވިން އެވެ.
މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުންޏަސް އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތުމާއި ދަންޖެހުނު ކަމަށް ބުނާ ތަނުގައި މީހަކަށް ދަންޖެހެވިދާނެ ކަމަށް ނުބެލެވުމާއި ފުލުހުން ދިޔައިރު ގޭތެރެ ސާފުކޮށް ސީން ނައްތާލާފައި އޮތުމުން މަރާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
މަރުވާ ފަދަ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް
ފިލިޕީންސް ނަރުހުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ
ލަމްހާ ބޭނުންވަނީ ހެކިބަސް ދޭއިރު ކޯޓަށް ހާޒިރުވާން
މޭރީއަށް ދިން ފަރުވާގެ ލިޔުންތައް ހޯދަނީ