Roadha Mihaaru
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ

ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ

13 ފެބުރުއަރީ 2024

ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ނުވަ ވަނަ ބުރިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީމީހާ އަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ނުވަ ވަނަ ބުރިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީމީހާ އަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

އިންޑިއާގެ އުމުރުން 20 އަހަރުގެ އެ ފިރިހެންމީހާ ވެއްޓުނީ އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅިން ބިންމައްޗަށެވެ.

ފުލުހުން ކުރިން ބުނީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާ މަރުވީ ފަރުވާ ދެމުން އަންނަނިކޮށް މެންދުރު 1:30 ހާއިރު ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މީގެ ކުރިން އިމާރާތުން ވެއްޓި މީހުން މަރުވެފައިވެސް ވެ އެވެ. ހާއްސަކޮށް މަސައްކަތުގައި އުޅޭ ބިދޭސީންނެވެ.