02 އޮކްޓޯބަރ 2024
އިރާނުން ރޭގެ ވަގުތެއްގައި ދިން ވަރުގަދަ ވައިގެ ހަމަލާގައި 180 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިރާނުން ރޭގެ ވަގުތެއްގައި ދިން ވަރުގަދަ ވައިގެ ހަމަލާގައި 180 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް އިޒްރޭލުން ބުނެފި އެވެ.
އެ ހަމަލާތަކާ އެކު އިޒްރޭލުގެ ވެރިރަށް ތެލްއަވީވް އާއި ގުދުސްގައި ދިރިއުޅޭ އެތައް މިލިއަން މީހުން ވަނީ ވަގުތީ ހިޔާތަކުގައި ހިމާޔަތް ހޯދައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އިރާނުގެ ގިނަ މިސައިލްތައް އިޒްރޭލުގެ ވަރުގަދަ އަޔަން ޑޯމް ސިސްޓަމްތަކުން ދިފާއުކޮށްފައިވާ ކަމަށެވެ. އެކަމަކު "މަދު މިސައިލެއް" އިރާނުގެ ޓާގެޓުތަކަށް އަމާޒުވި ކަމަށް އިޒްރޭލުން ބުންޏެވެ.
އިރާނުގެ މިސައިލްތައް ހުއްޓުވަން އެމެރިކާ އިން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޕެންޓެގަން އިން ވަނީ ބުނެފަ އެވެ.
އިރާނުގެ އަސްކަރިއްޔާ އިން ބުނީ މި ހަމަލާއަކީ އީރާންގެ މަދަދު ލިބޭ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލުގައި ދިން ހަމަލާއެއް ކަމަށެވެ.
އިރާނުން ދިން ވައިގެ ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފަ އެވެ.
އެކަމަކު، އިޒްރޭލުން އެއްވެސް ރައްދެއް ދީފިނަމަ، އިޒްރޭލު "ސުންނާފަތި" ވާ ފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާ އިން ވެސް ވަނީ ދީފަ އެވެ.
އީރާނުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އިޒްރޭލަށް އެތައް ސަތޭކަ މިސައިލަކާއި ޑްރޯނުން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގެ 99 ޕަސެންޓް އިންޓަސެޕްޓްކޮށް އެ ހަމަލާތައް ނާކާމިޔާބުކޮށްލެވުނެވެ.
އީރާނުން ދިން ހަމަލާތަކާ އެކު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ފަލަސްތީނުގެ ޣައްޒާގައި ފެށި ހަމަލާތައް އިތުރަށް ފުޅާވެ ނުރައްކާވެދާނެ މިފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
ހިޒްބުﷲ ބަލިކަށިކޮށްލުމުގެ ނަމުގައި އިޒްރޭލުން މިވަގުތު ވެސް ދަނީ ވައިގެ ހަމަލަތަކާ އެކު އެއްގަމު މަގުން ލުބްނާނަށް ވަދެގަނެ ހަމަލާތައް ދެމުންނެވެ.
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ބޭރޫތަށް އިޒްރޭލުން ހުއްޓުމެއްނެތި ހަމަލާދެނީ
ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
ނަސްރުﷲ އަވަހާރަކޮށްލުމަކީ ބައިޑެން އަށް "އިންސާފު"
އީރާންގައި ވައިގެ ދަތުރުތަކުގައި ޕޭޖަރާއި ވޯކީޓޯކީ މަނާ
އިޒްރޭލަށް އީރާންގެ ކޮމާންޑަރުން އެހީވާ ކަމުގެ ތުހުމަތު
އދ.ގެ ވެރިޔާ އިޒްރޭލަށް އެތެރެވުން މަނާކޮށްފި