04 އޮކްޓޯބަރ 2024
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ޖާސޫސީ މައި މަރުކަޒަކަށް އަމާޒުކޮށް ކަމަށް ބުނެ، އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބޭރޫތުގެ ދެކުނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ޖާސޫސީ މައި މަރުކަޒަކަށް އަމާޒުކޮށް ކަމަށް ބުނެ، އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބޭރޫތުގެ ދެކުނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
ލުބްނާނުގެ ދެކުނުގެ އަވަށްތަކުގައި ފިލާ ތިބި ހިޒްބުﷲ ޖަމާއަތުގެ މީހުންނަށް އަމާޒުކޮށް ކަމަށް ބުނެ، މި ހަފްތާއިން ފެށިގެން އިޒްރޭލު ސިފައިން ދަނީ އެއްގަމާއި ވައިގެ މަގުން ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، ބޭރޫތުގެ ދެކުނުގައި ހުރި ހިޒްބުﷲގެ ޖާސޫސީ މައި މަރުކަޒަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.
ބޭރޫތުގެ ދެކުނުގެ ގާތްގަނޑަކަށް 20 އަވަށެއްގައި ދިރިއުޅޭ މީހުން ސަލާމަތްކަން ހޯދަން އެންގުމަށް ފަހު، އިޒްރޭލުން ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ބޭރޫތުގެ މައި އެއާޕޯޓާ އިންވެގެން ހުރި ބޮޑު ގުދަނެއް ވެސް ހިމެނެ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާއިރު، އިޒްރޭލު ސިފައިން ހިންގާ އެއްގަމު އޮޕަރޭޝަނަކަށް ވަރުގަދަ އަށް ދިފާއުވާނެ ކަމަށް އެ ޖަމާއަތުގެ ނައިބު ލީޑަރު ނާއިމު ގަސަމް ވަނީ ބުނެފަ އެވެ.
ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަ ކޮށްލައިފަ އެވެ.
އެ މަރުތަކުގެ ބަދަލުގައި، އިރާނުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް 200 އަށް ވުރެ ގިނަ މިސައިލް ހަމަލާދީފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އިރާނުގެ ގިނަ މިސައިލްތައް އިޒްރޭލުގެ ވަރުގަދަ އަޔަން ޑޯމް ސިސްޓަމްތަކުން ދިފާއު ކޮށްފައިވާ ކަމަށެވެ. އެކަމަކު "މަދު މިސައިލެއް" އިރާނުގެ ޓާގެޓުތަކަށް ދިޔަ ކަމަށް އިޒްރޭލުން ބުންޏެވެ.
އިރާނުން ދިން ވައިގެ ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފަ އެވެ. އެކަމަކު، އިޒްރޭލުން އެއްވެސް ރައްދެއް ދީފި ނަމަ އިޒްރޭލު "ސުންނާފަތި" ވާ ފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާ އިން ވެސް ވަނީ ދީފަ އެވެ.
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި
އިރާނުން އިޒްރޭލަށް 180 މިސައިލް ހަމަލާ ދިން
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"
އދ.ގެ ވެރިޔާ އިޒްރޭލަށް އެތެރެވުން މަނާކޮށްފި
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
ނަސްރުﷲ އަވަހާރަކޮށްލުމަކީ ބައިޑެން އަށް "އިންސާފު"
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު