ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކަން އިއުލާންކޮށްފި އެވެ.
03 އޮކްޓޯބަރ 2024
ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކަން އިއުލާންކޮށްފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެވެ.
އެޗްޑިީސީން ބުނީ އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ އިންޓަގްރޭޓެޑް ހަބް"ގެ ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަަރަހައްދުން ކަމަށެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާއިރު، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.
ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވެސް ވާން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ބީލަން ފެށޭ އަގަކީ 7،500ރ. ކަމަށާއި ޝައުގުވެރިވާ މީހުންނަށް ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެއީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމާއި ގަންނަން ކަނޑައަޅާފައިވާ ބިމަށް އެކަކަށްވުރެ ގިނަ މީހުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
20 ކިއޮސްކް އަށް އެދި 183 މީހަކު ކުރިމަތިލައިފި