06 އޮކްޓޯބަރ 2024
މޯލްޑިވިއަން އެއާލައިނަށް އިދިކޮޅު އެމްޑީޕީން ދައްކަން ޖެހޭ 5.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ދެ ފަރާތުން އެއްބަސްވެ، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެމްޑީޕީން ދައްކައިފި އެވެ.
މޯލްޑިވިއަން އެއާލައިނަށް އިދިކޮޅު އެމްޑީޕީން ދައްކަން ޖެހޭ 5.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ދެ ފަރާތުން އެއްބަސްވެ، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެމްޑީޕީން ދައްކައިފި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، އޭރު ވެރިކަން ކުރި ޕާޓީ ކަމަށްވާ އެމްޑީޕީން މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް ކުރި ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ ފައިސާ އެވެ.
އެ ފައިސާ ނުދައްކާތީ މޯލްޑިވިއަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މޯލްޑިވިއަން އާއި އެމްޑީޕީއާ ދެމެދު މިދިޔަ ޖޫން މަހު މަޝްވަރާ ކުރުމަށްފަހު އެ ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި އެމްޑީޕީން އެއް މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކާފައިވާތީ މިވަގުތު އެ މައްސަލަ އަނބުރާ ގެންދަން މޯލްޑިވިއަން އިން އެދިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނަ ގޮތަށް އެ މައްސަލާގައި ދައުވާ ފޯމް ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
އެމްޑީޕީއާ ދެކޮޅަށް އަލްހާން ކުރެއްވި ދައުވާ ބޭރުކޮށްފި
މައްސަލައަށް ވަންނަން އެމްޑީޕީއަށް ފުރުސަތު ދީފި
އިންތިޚާބު މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަނީ
އެމްޑީޕީ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން ކޯޓަށް
ބަޖެޓް ނުދީގެން ކުރާ ދައުވާގެ އަޑުއެހުންތައް ފަށަނީ
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި