05 ސެޕްޓެމްބަރ 2016
ދައުލަތުގެ މި އަހަރުގެ ބަޖެޓުން އިދިކޮޅު އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ސިވިލް ކޯޓުން ނިންމައިފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން އިދިކޮޅު އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ސިވިލް ކޯޓުން ނިންމައިފި އެވެ.
މި އަހަރުގެ ބަޖެޓުން 14 މިލިއަން ރުފިޔާ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، އެ ފައިސާ ހޯދުމަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 10:45 އަށެވެ.
ސިޔާސީ ޕާޓީތަކަށް ބަޖެޓުން ދޫކުރާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ދޭން ޖެހުނު ނަމަވެސް، އެމްޑީޕީގެ އިތުރުން ވެސް އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ފައިސާ ދުލެއް ނުކުރެ އެވެ.
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ނެތް ކަމަށް ސިވިލް ކޯޓުން ކުރިން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ ފައިސާ ނުދީ ހިފެހެއްޓުމަކީ ކޯޓުގެ އަމުރަކާ ހިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެ ސިޓީގައި ބުނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް މީގެ ކުރިން ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ނުދީ މިހާރު ހިފެހެއްޓުމަކީ ކޯޓުގެ އަމުރަކާ ހިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ފަހުކޮޅު ބުނެފައި ވަނީ ޕާޓީތަކަށް ފައިސާ ނުދެވުމަކީ އެ ކޮމިޝަންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި އެކަމަށް ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށެވެ.
ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު"އަށް އެންމެ ފަހުން ވިދާޅުވެފައި ވަނީ މެންބަޝިޕްގެ ފިންގާ ޕްރިންޓާ ގުޅުން ހުރި ކަންކަން މަޑުޖައްސާލަން ކޯޓުން އަމުރު ކޮށްފައި އޮތުމުން، އެކަމަށް ހައްލެއް ހޯދަން ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންވެ އިތުރަށް ކަންކަން ކުރިއަށް ގެންދެވޭނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު ވެސް ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަކްރަމް ފާހަގަކުރެއްވި ގޮތުގައި ބަންޑާރަ ނައިބުގެ ލަފައާއެކު، ވީހާ ވެސް އަވަހަކަށް ފައިސާ ދޫކުރަން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ފައިސާ ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވެ ނިމިފައި އޮތީ،" އަކްރަމް ވިދާޅުވެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި މި ފައިސާ ބަހާނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މި އަހަރު ދައުލަތުގެ ބަޖެޓް 27 ބިލިއަނަށް އަރާއިރު ޕާޓީތަކަށް ފައިސާ ދޭނީ އެ އަދަދަށް ބަލައިގެންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅަން ޖެހޭ ފައިސާގެ އަދަދު މި އަހަރު 27 މިލިން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
މައްސަލައަށް ވަންނަން އެމްޑީޕީއަށް ފުރުސަތު ދީފި
އިންތިޚާބު މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަނީ
އެމްޑީޕީގެ 5 މިލިއަންގެ ދަރަނިދައްކަން އެއްބަސްވުމަކަށް
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ވިސްނުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!
ޑިމޮކްރެޓްސްގެ ލިސްޓު ލީކުވުމުގައި އިހުމާލެއް ނެތް!
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ޑިމޮކްރެޓްސްގެ ލިސްޓު އީސީން ލީކުވިތޯ ބަލަނީ
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން