Roadha Mihaaru
މައްސަލައަށް ވަންނަން އެމްޑީޕީއަށް ފުރުސަތު ދީފި

އިންތިޚާބުގެ މައްސަލަ އަށް ވަންނަން އެމްޑީޕީއަށް ފުރުސަތު ދީފި

22 ނޮވެމްބަރ 2016

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އިދިކޮޅު އެމްޑީޕީއަށް ސިވިލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އިދިކޮޅު އެމްޑީޕީއަށް ސިވިލް ކޯޓުން މިއަދު ދީފި އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ނަމުގައި ކޯޓަށް ހުށަހެޅީ އެ ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން އިންތިޚާބަށް ތައްޔާރު ނުވެވޭތީ ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ތެރެއަށް ވަންނަން އެމްޑީޕީން ހުށަހެޅީ އެ ޕާޓީގެ މަސްލަހަތެއް އެ މައްސަލާގައި އޮތް ކަމަށް ބުނެއެވެ.

އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމްޑީޕީއަށް ކޯޓުން ދީފައިވާ ކަން އެ ޕާޓީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އެމްޑީޕީގެ ފަރާތުން ހުށަހަޅާ ބަޔާން މާދަމާ ހެނދުނު ކޯޓަށް ހުށަހަޅަން ވަނީ އަންގައިފަ އެވެ.

މި މައްސަލަ ކޯޓުގައި އޮތުމުން އިންތިޚާބަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.