06 އޮކްޓޯބަރ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާ އަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މާދަމާ ބައްދަލުކުރައްވައި، ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތަކުން، ދެ ގައުމުގެ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާ އަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މާދަމާ ބައްދަލުކުރައްވައި، ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތަކުން، ދެ ގައުމުގެ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު އިންޑިއާއަށް ވަޑައިގެން، ޖައިޝަންކަރު، ރައީސް މުއިއްޒު އާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމަށްފަހު ޖައިޝަންކަރު އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒު މާދަމާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ އެކު ބާއްވައި ބައްދަލުވުމުގައި ދެ ގައުމުގެ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދާނެ ވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ކުރައްވާ ތާރީހީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ރައީސް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
Pleased to call on President @MMuizzu today at the start of his State Visit to India.
— Dr. S. Jaishankar (@DrSJaishankar) October 6, 2024
Appreciate his commitment to enhance ?? ?? relationship. Confident that his talks with PM @narendramodi tomorrow will give a new impetus to our friendly ties. pic.twitter.com/UwDjnCZ0t6
ރައީސް މުއިއްޒުގެ އަރިހުގައި ވަރަށް ގިނަ މިނިސްޓަރުން ވެސް އިންޑިއާއަށް ވަޑައިގަތެވެ. އޭގެތެރޭގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރައީސް އާއި ބޮޑުވަޒީރު މޯދީއާ އެކު ރަސްމީ ވާހަކަތަކުގެ އިތުރުން އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މާދަމާ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ.
ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ރާއްޖެ އޮންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތަށް
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
ރައީސް، ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި
މޯދީ ހުވާކުރެއްވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި
ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް
ހުވާކުރާ ރަސްމިއްޔާތަށް އިސްކަންދިނީ ކައިރި ގައުމުތަކަށް