އާއްމު ސިއްހަތު ރައްކާތެރި ކުރުމުގައި ރާއްޖެއިން ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް އެވޯޑްތަކެއް އިއްޔެ ދީފި އެވެ.
09 އޮކްޓޯބަރ 2024
އާއްމު ސިއްހަތު ރައްކާތެރި ކުރުމުގައި ރާއްޖެއިން ފާހަގަ ކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް އެވޯޑްތަކެއް އިއްޔެ ދީފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ނިއުދިއްލީގައި ކުރިއަށްދިޔަ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި އެވޯޑުތައް ދީފައިވަނީ ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ޖެހުން ކޮންޓްރޯލް ކުރުމާއި ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރާއި އުފަންވާތާ މަހެއްނުވެ މަރުވާ ކުދިން އަދި ބަނޑަށް 20 ހަފްތާގައި މަރުވާ ކުދިންގެ އަދަދު ދަށްވެފައިވާތީ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި ޑަބްލިއުއެޗްއޯ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މި ސަރަހައްދުގެ 11 ގައުމުގެ ހެލްތު މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ މީހުން ހިމެނޭ ގޮތަށް ސިއްހަތާ ގުޅޭ މުހިއްމު ކަންކަން ކަނޑައަޅައި މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިއްމު ބައްދަލުވުމެވެ.
އެކިއެކި ބަލިތައް ނައްތާލައިގެން ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ހިމަބިއްސާއި ފައިލޭރިއާ ނައްތާލުން ހިމެނެ އެވެ.
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ލިބިއްޖެ
އެމްއެފްޑީއޭގެ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ތައުރީފް
ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން މަނާ