16 އޮކްޓޯބަރ 2024
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި އެވެ.
އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން އެކްސްގައި އިއްޔެ ކުރި ޕޯސްޓުގައިވަނީ ވޭޕް ބޭނުންކުރުން މަނާކުރުމަކީ ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ސަގާފަތް ހުއްޓުވުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖޭގައި 15 އަހަރާއި 13 އަހަރާ އަހަރާ ދެމެދުގެ 23.1 ޕަސެންޓް ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ.
Congratulations #Maldives ?? for announcing a ban on vaping. An important initiative to arrest the worrying trend of increase in vaping, specially among young adolescents. As per the 2019 Global Youth Tobacco Survey, 23.1% boys and 10.7% girls in the age group of 13 to 15 years… https://t.co/mffmWgYZL2
— World Health Organization South-East Asia (@WHOSEARO) October 15, 2024
ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ޒުވާނުންގެ މެދުގައި އީ-ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިދިޔަ ހޯމަ ދުވަހު ކުރެއްވި ޕޯސްޓުގައި ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކޮށް އަދި އަންނަ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.
އޭގެ ފަހުން އެ މަނިކުފާނު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވައިފަ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުނިޔޭގައި ވެސް 37 ގައުމެއްގައި އީ-ސިނގިރޭޓް މަނާކޮށްފައިވާ ކަމަށެވެ. އަދި މި ސަރަހައްދުން ދެކުނު ކޮރެއާ އާއި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ތައިލެންޑު އަދި ޓީމޯ ލެސްޓުގައި ވަނީ ވޭޕް މަނާ ކޮށްފައި ވާއިރު، އެހެން ގައުމުތަކުން ވެސް އެ ބާވަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ވަކާލާތު ކުރާނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މި ސަރަހައްދުގެ މެމްބަރު ގައުމުތަކުން އަޅާ ފިޔަވަޅުތަކުން، އެ ވަބާއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު އޮތީ ކުރީ ސަފު ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުން ހުރި އަދި ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދަނީ މަދުވަމުން
ކޮވިޑްގެ އިންޑިއާ ވޭރިއަންޓް: ދުނިޔެއަށް ނުރައްކަލެއް
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
އެޗްޕީއޭގެ ފިޔަވަޅުތަކަށް އިތުބާރުކުރޭ: ޑރ.އަރްވިންދު
"ސިއްހީ ހުރިހާ ބޭފުޅުން ނުކުންނަވާ"
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ނާޒިމަށް އެވޯޑެއް