މާވެޔޮ މަގުގެ އެއް ފަޅީގައި އިންދާފައި ހުރި ބޮޑު ގަހެއް، މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގަދަ ވައިގައި ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް މިއަދު ގެއްލުން ވެއްޖެ އެވެ.
11 އޮކްޓޯބަރ 2024
މާވެޔޮ މަގުގެ އެއް ފަޅީގައި އިންދާފައި ހުރި ބޮޑު ގަހެއް، މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގަދަ ވައިގައި ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް މިއަދު ގެއްލުން ވެއްޖެ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާވެޔޮ މަގުން ކައުންޓްލައިން ފިހާރަ ކައިރީގައި ހުރި ބޮޑު ގަހެއް ވެއްޓި، އެ މަގުން ވެހިކަލްތަކަށް ނުދެވޭނެ ގޮތަށް އޮތީ ބަންދުވެފަ އެވެ.
މާލޭގެ އެންމެ ކާރޫބާރުބޮޑު އެއް މަގު ކަމަށްވާ މާވެޔޮ މަގުގައި ހުރި އެ ގަހުގެ ބުޑުން ނެއްޓި، މަގު ބަންދުވާ ގޮތަށް ވެއްޓިފައި އޮތްއިރު އެތަނުގެ ކުރިމައްޗަށް ހުރި އިމާރާތަށްވާ ގޮތަށް ގަހުގެ ބައެއް އޮތެވެ. އެ މަގުގެ އެއް ފަޅީގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތައް މައްޗަށް ގަހުގެ ގޮފިތައް ވެއްޓި އެކި ވަރުގެ ގެއްލުން ވެފައިވެ އެވެ. އެކަމަކު ގެއްލުންވީ ސީދާ ކިހާ އުޅަނދަކަށް ކަމެއް ސާފެއް ނުވެ އެވެ.
އެ ގަސް ނަގައި މަގު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން މިހާރު ވަނީ ފަށައިފަ އެވެ.
މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މޭލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދާވެނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާއިރު މެޓުން ބުނީ ވިލާގަނޑުގައި ވަރަށް ވައިގަދަވާނެ ކަމަށެވެ. އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ވައި މަޑުނުވާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މޫސުން ގޯސް: 6،835 ޓަނުގެ ފެން ބޭރުކޮށްފި
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި