ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މާލޭގެ އެކި ތަންތަނުގައި 3،500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.
14 ޖެނުއަރީ 2025
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މާލޭގެ އެކި ތަންތަނުގައި 3،500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިދިޔަ ދެ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި 3،500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލްގެ އިތުރުން އެމްއެންޑީއެފުން ވެސް އަންނަނީ މާލޭގެ ތަންތަނުގައި ވެލި ބަސްތާ ޖަހައިދެމުންނެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ 63 ގޭބިސީއެއްގައި 533 ވެލި ބަސްތާ މިހާތަނަށް ޖަހައި ދީފައިވާ ކަމަށެވެ.
ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިންނާއި އެންޑީއެމްއޭ ގުޅިގެން ވެސް ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެއީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި އޮޕަރޭޝަނެކެވެ.
އިއްޔެގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މަހު ކުރީކޮޅުގައި މާލެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި 56 އަށް ވުރެ ގިނަ ގޭގޭގައި ވެލި ބަސްތާ ޖަހައި ދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެލި ބަސްތާ ޖަހަން ބޭނުންވާ އިތުރު ގެތަކުން ވެސް އެކަމަށް އެދުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
މިއަދާއި މާދަމާ ވެސް މޫސުން ގޯސް
ފެން ބޮޑުވެ ގެއްލުންވި އައްޑު އަށް މާރިޔާ ވަޑައިގެންފި
އައްޑޫ ވިއްސާރައިގައި 50 ގެއަކަށް ގެއްލުން
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ