ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ދެވަނަ ފަހަރަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން މި މަރުހަލާގައި އަމުރު ނުކުރެވޭނެ ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
13 އޮކްޓޯބަރ 2024
ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ދެވަނަ ފަހަރަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން މި މަރުހަލާގައި އަމުރު ނުކުރެވޭނެ ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ކަމަށްވާ ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އެ މީހުން މިހާރު ޝަރުތުތަކާ އެކު ދޫކޮށްލާފައި ތިބިއިރު، އޭގެ ތެރެއިން ޝާދިޔާ ފަސް ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.
ޝާދިޔާ ދެވަނަ ފަހަރަށް ބަންދުކުރި އަމުރު ވެސް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝާދިޔާ ފަސް ދުވަހަށް ބަންދުކުރަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށެވެ. އަދި އެ މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދޭން ޝާދިޔާގެ ފަރާތުން އެދިފައިވީ ނަމަވެސް، މި މަރުހަލާގައި ހައި ކޯޓުން އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ގާނޫނާ ހިލާފަށް ބަންދުކުރާ މައްސަލަތަކުގައި ބަދަލު ނަގައިދެވޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޯޓަކަށް ހުށަހަޅައިގެން ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާތީ އެވެ. އަދި ބަދަލު ނަގައި ދިނުމަކީ ބަންދު އަމުރާ މެދު ގޮތެއް ނިންމާ މަރުހަލާގައި ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށާއި އަދި ޝާދިޔާގެ ފަރާތުން ނަގައިދޭން އެދޭ ބަދަލުގެ މިންވަރު ވެސް ބުނެދީފައި ނުވާތީ އެކަމާ މެދު މި މަރުހަލާގައި ގޮތެއް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޝާދިޔާ ބަންދުކުރަން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދޭން މި މަރުހަލާގައި އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްމާނިއު ހުސައިންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަލީމެވެ.
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދު ބަންދުކުރި އަމުރު އިސްތިއުނާފުކޮށްފި
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު