ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން، އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
16 އޮކްޓޯބަރ 2024
ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން، އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
އެ މީހުން މިހާރު ޝަރުތުތަކާ އެކު ދޫކޮށްލާފައި ތިބިއިރު، އޭގެ ތެރެއިން ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހައި ކޯޓު ކައިރީގައި ޝާދިޔާ އާއި ޑރ. ޝަޒްރާ
އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެ މައްސަލާގައި ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް ޝާދިޔާގެ ފަރާތުން އެދުނެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ގެއްލުމުގެ ބަދަލު ނަގައި ދިނުމާ މެދު އެ މަރުހަލާގައި ހައި ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
ޝާދިޔާ ގޯސްކޮށް ބަންދުކުރިޔަސް ބަދަލު ނަގައިނުދިން
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް