14 އޮކްޓޯބަރ 2024
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކެެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ދެ ތާރީހަށް އެކަން ކުރައްވަން ކަމާ ގުޅޭ އިދާރާތަކަށް އެ މަނިކުފާނު މިއަދު އަންގަވައިފި އެވެ.
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކެެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ދެ ތާރީހަށް އެކަން ކުރައްވަން ކަމާ ގުޅޭ އިދާރާތަކަށް އެ މަނިކުފާނު މިއަދު އަންގަވައިފި އެވެ.
ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.
އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ރައީސް މުއިއްޒުގެ އަރިހުން އެންމެ ފުރަތަމަ އެދުނީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސުންނެވެ. އެ އެލަޔަންސުން މިދިޔަ މަހުގެ 12 ގައި ފޮނުވި ސިޓީއަށް ފަހު، ޑޮކްޓަރުންނާއި ނަރުހުންގެ ޖަމިއްޔާ އަދި ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވެސް ވަނީ ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ.
ދުންފަތުގެ ބާވަތަކާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިހާ ހަރުކަށި ފިޔަވަޅެއް މީގެ ކުރިން އަޅާފައެއް ނުވެ އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި…
— Dr Mohamed Muizzu (@MMuizzu) October 14, 2024
ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ ގޮތުގައި ހަތަރު ލައްކަ މީހުން ވެސް ހަމަނުވާ މި ކުޑަ އާބާދީގައި ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ކޮންމެ އަހަރަކު 150 މީހުން މަރުވާނެ އެވެ.
އެ ޖަމާއަތާ ހަވާލައިދީ ޑޮކްޓަރުންގެ ބަޔާނުގައި ބުނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ. އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުން ކަން ފާހަގަކުރި އެވެ.
ކަސްޓަމްސް އިން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915ރ. ގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނި ވެސް ހުރީ 19.7 މިލިއަން ރުފިޔާގެ ވޭޕް އެތެރެކޮށްފައިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ތަކެތި މަނާކުރުމަށް ހޯމް މިނިސްޓްރީން އިސްނަގަނީ ވޭޕް ކާޓްރިޖްގެ ތެރެއަށް ޑްރަގް އަޅައިގެން ބޭނުންކުރާތީ އެވެ. އެކަމުގެ ތެރެއަށް ކުޑަކުދިން ރެކްރޫޓް ކުރަން ފުރުސަތުގައި ލިބޭ ކަމަށާއި މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަންތަކުގައި ވޭޕް ސްޓިކްގައި ޑްރަގް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ސްކޫލްތަކުގެ ތެރޭގައި ކުދިންގެ މެދުގައި ވެސް ވޭޕް ބޭނުންކުރުން ވަރަށް ބޮޑަށް އާންމުވެ، ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭގެ ގެއްލުންތަކުގެ ސަބަބުން މިހާރު ވެސް 50 ގައުމެއްގައި ވޭޕް މަނާކޮށްފައިވާއިރު، މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމަކުން ވޭޕް މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
މަނާކުރާ ތާރީހާ ދެމެދު ވޭޕްގެ ޑިއުޓީ ބޮޑުކުރަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ދުންފަތުން ނަގާ ޑިއުޓީ އަންނަ މަހު ބޮޑުކުރަނީ
ވޭޕް މަނާކުރާ އިސްލާހުތައް މިހަފުތާގައި މަޖިލީހަށް
ވޭޕާ ދެކޮޅަށް ފިޔަވަޅެއް އަޅަން ކެރޭނީ ކޮން ބަޔަކަށް؟
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި