Roadha Mihaaru
ކުރީގެ މެމްބަރު ޣަފޫރު އަވަހާރަވެއްޖެ

ކުރީގެ މެމްބަރު ޣަފޫރު އަވަހާރަވެއްޖެ

14 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، އަބްދުލްޣަފޫރު އިބްރާހީމް މިއަދު އަވަހާރަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، އަބްދުލްޣަފޫރު އިބްރާހީމް މިއަދު އަވަހާރަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހާއި ސަރުކާރުގެ ބައެއް މަގާމުތައް ވެސް ފުރުއްވި މއ. ޕެންޒީވިލާ، ޣަފޫރު އުމުރުން 68 އަހަރުގައި އަވަހާރަވީ އިންޑިއާގެ ބެންގަލޫރޫގަ އެވެ. އޭނާ އަވަހާރަވިއިރު ގެންދެވީ ސްޓްރޯކެއް ޖެހިގެން އެ ކަމަށް ފަރުވާ ހޯއްދަވަމުންނެވެ.

ޣަފޫރު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ޣަފޫރު ކުރެއްވީ 2005-2009 އާ ހަމައަށެވެ.