Roadha Mihaaru
"ކޮވިޑުގެ މަރުތައް ތަހުގީގުކޮށް ހައްގު ހޯދައިދޭންޖެހޭ"

ކޮވިޑުގެ މަރުތައް ތަހުގީގުކޮށް، ހައްގު ހޯދައިދޭން ޖެހޭ: އިބްރާހިމް

24 ޖޫން 2024

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖެހި ވެކްސިންތަކުގެ ސަބަބުން މަރުވި ކަމަށް އާއިލާތަކުން ތުހުމަތުކުރާ މައްސަލަތައް ތަހުގީގު ކުރަން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖެހި ވެކްސިންތަކުގެ ސަބަބުން މަރުވި ކަމަށް އާއިލާތަކުން ތުހުމަތުކުރާ މައްސަލަތައް ތަހުގީގު ކުރަން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ، ކޮވިޑް ފެތުރުނު ދުވަސްވަރު ވެކްސިން ޖަހައިގެން މަރުވި އާއިލާތަކާއި އެ މީހުންނަށް ހައްގު ހޯދައި ދޭން ޖެހޭ ކަމަށެވެ.

މަޖިލީހުގައި މެމްބަރު އިބްރާހިމް އެގޮތަށް ގޮވާލެއްވި ނަމަވެސް މިހާތަނަށް ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައެއް ނުވެ އެވެ. ނަމަވެސް ކޮވިޑް ފެތުރު ދުވަސްވަރާއި އޭގެ ފަހުން ހިނގި ބައެއް ކުއްލި މަރުތައް އޭރު ޖެހި ވެކްސިންތަކާ ބައެއް ފަރާތްތަކުން ގުޅުވައި ވާހަކަ ދައްކަ އެވެ.

އިބްރާހިމް ވިދާޅުވީ ކޮވިޑް މަރުތަކާ ގުޅިގެން ވަކި ކޮމިޓީއެއް އުފައްދައިގެން ވެސް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތީމާ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރިވެންޓިވް ހެލްތު ކެއާ އުސޫލުން މަސައްކަތް ކުރުމުގެ އިތުރުން ފާއިތުވި ތަނުގައި މީހުންގެ ފުރާނަ އަށް ގެއްލުންވާ ކަންކަން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެއީ އަދަބު ދެވެން ޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަމަށް އަދަބު ދީ ޒިންމާދާރުކުރުން މުހިންމެވެ.

ވެންޓިލޭޓަރުން "ވައްކަން" ކުރުމާއި ސިއްހީ ދާއިރާ އިން "ވައްކަން" ކުރި ފަރާތްތަކުގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެޔޮ އަގުގައި ލިބުނު ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.