ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ލިންކްތަކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.
15 އޮކްޓޯބަރ 2024
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ ލިންކްތަކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މި ސްކޭމްގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލާފައިވާ ކަމަށާއި ފޯމު ވެބްސައިޓުން ލިބޭނެ ކަމަށް ބުނާ ކަމަށެވެ. އަދި މި ފޯމުގެ ލިންކް ކަމަށް ބުނެ ލިންކެއް ހިއްސާކުރެ އެވެ.
? ސްކޭމް އެލަރޓް:
— Maldives Police (@PoliceMv) October 15, 2024
ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން.
މިފަދަ ލިންކުތަކަށް ސަމާލުވޭ! pic.twitter.com/6Q3WoYLtPx
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދެން އަލުން ހުޅުވާލާކަށް އަދި ނިންމައިފައެއް ނުވެ އެވެ. އެ ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން އޮތީ ކުރިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ވަނީ ހައުސިންގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންނާއި އެސްއެމްއެސްކޮށް، ގިނަ ބަޔަކު އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައިފަ އެވެ. އެހެންވެ، ބޭންކުތަކުން ވެސް އަންނަނީ ޒާތީ މައުލޫމާތާއި އޯޓީޕީ ފަދަ މައުލޫމާތު އެހެން މީހުންނާ ހިއްސާނުކުރަން ތަކުރާރުކޮށް އެދެމުންނެވެ.
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ސްކޭމަރުންގެ އާ އުކުޅަށް ސަމާލުވާން ފުލުހުން އެދިއްޖެ
ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި