ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުންނަށް އިޒްރޭލުގެ އުތުރު ބޯޑަރު ކައިރިއަށް ޖަމާވާން ފުރުސަތު ލިބޭ ގޮތަށް، ހަމަލާތައް ހުއްޓާލަން އެއްބަސްނުވާނަން ކަމަށް ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުންނަށް އިޒްރޭލުގެ އުތުރު ބޯޑަރު ކައިރިއަށް ޖަމާވާން ފުރުސަތު ލިބޭ ގޮތަށް، ހަމަލާތައް ހުއްޓާލަން އެއްބަސްނުވާނަން ކަމަށް ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.
ނަތަންޔާހޫ މިހެން ބުނީ ފަލަސްތީނުގެ ޣައްޒާ އާއި ލުބްނާންގައި އިޒްރޭލުން ދޭ ހަމަލާތަކުގައި ގެންގުޅޭ އުސޫލުތަކަށް އިޒްރޭލުގެ އެކުވެރި އެމެރިކާއިން ފާޑު ކިޔައި ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް އަދިވެސް މަގު ތަނަވަސްކޮށްދޭން ގޮވާލާފައި ވަނިކޮށެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންއާ އެކު ފޯނުން ކުރި މަޝްވަރާގައި، ހަމަލާތައް ހުއްޓާލުމުގެ ވާހަކަ ދެކެވެނު ކަމަށެވެ. އެކަމަކު އިޒްރޭލުން އިސްވެ ހަމަލާތައް ހުއްޓާލައިފި ނަމަ ހިޒްބުﷲގެ ހަނގުރާމަވެރިން އަނެއްކާވެސް އިޒްރޭލުގެ ބޯޑަރު ކައިރިއަށް އައިސް ހަމަލާތައް ދޭން ފަށާނެ ކަމަށާއި އެހެން ވެއްޖެ ނަމަ އިޒްރޭލުގެ ސަލާމަތީ ކަންކަން އަނެއްކާވެސް ހަމަ ކުރިން އޮތް ގޮތަށް ބަދަލުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނަނީ ލުބްނާނާއި އިޒްރޭލާ ދެމެދު، ހިޒްބުﷲގެ އެއްވެސް ބާރެއް ނެތް ބަފަ ޒޯނެއް ހަދަންޖެހޭ ކަމަށެވެ.
"މި ބަފަ ޒޯން ނުހެދޭ ގޮތަކަށް އަދި ހިޒްބުﷲ އަށް އަނެއްކާ ހަތިޔާރު ލިބި ބާރު ގަދަވާނެ ގޮތަކަށް އެއްބަސް ނުވެވޭނެ ކަމަށް ބޮޑުވަޒީރު ވަނީ ދަންނަވާފައި،" ބަޔާނުގައިވެ އެވެ.
އިޒްރޭލަށް ހިޒްބުﷲ އިން ހަމަލާދޭތީ އެކަން ހުއްޓުވަން ކަމަށް ބުނެ ފެށި ހަމަލާތަކުގައި ލުބްނާނުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. ބޯޑަރު ސަރަހައްދުން ހިޒްބުﷲ ފަހަތަށް ޖައްސައި އިޒްރޭލަށް ހަމަލާ ނުދެވޭހާ ދުރަށް ގެންދަން އިޒްރޭލުން މަސައްކަތްކުރި ނަމަވެސް ބުދަ ދުވަހު ވެސް ހިޒްބުﷲ އިން ވަނީ އިޒްރޭލަށް އަމާޒުކޮށް 50 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލައިފަ އެވެ.
އަނެއްކޮޅުން އިޒްރޭލުން ވެސް އާދައިގެ މަތިން ލުބްނާންގެ އެތައް މިތަނަށް ބޮން އަޅައި އަދި ހިޒްބުﷲ ގެ ދެ ހަނގުރާމަވެރިޔަކު ވަނީ އަތުލައި ވެސް ގެންފަ އެވެ. -- އޭއެފްޕީ
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ޓްރަމްޕުގެ ޕްލޭން ތަންފީޒުކުރާނަން: ނަތަންޔާހޫ
ހަމަލާތައް އަލުން ފަށަންޖެހޭ ނަމަ ފަށާނަން: ނަތަންޔާހޫ
އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
މަޝްވަރާ ފެއިލްކޮށްލުމުގެ ތުހުމަތު ނަތަންޔާހޫއަށް
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް