16 އޮކްޓޯބަރ 2024
ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކޮލިފިކޭޝަނުގައި ރޭ ބޮލީވިއާ އަތުން އަމިއްލަ ދަނޑުގައި 6-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހެޓްރިކެއް ހަދައިފި އެވެ.
ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކޮލިފިކޭޝަނުގައި ރޭ ބޮލީވިއާ އަތުން އަމިއްލަ ދަނޑުގައި 6-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހެޓްރިކެއް ހަދައިފި އެވެ.
ބީނޯސް އޭރީޒްގެ އެސްޓޭޑިއޯ މޮނިއުމެންޓަލްގައި ދުނިޔޭގެ ޗެމްޕިއަން ކުޅުނު މި މެޗުގައި މެސީ ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން ދެ ގޯލު ޖަހަން އެސިސްޓްކޮށްދީ، އަދި އޭނާގެ މޮޅު ޑްރިބްލިންގެ ހުނަރު ވެސް ދައްކާލައިފަ އެވެ.
މި މޮޅާ އެކު އާޖެންޓީނާ އޮތީ 22 ޕޮއިންޓާ އެކު ކޮލިފައިންގެ އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި އޮތީ 19 ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތް ކޮލަމްބިއާ އެވެ. އެ ޓީމު ވަނީ ރޭ ޗިލީ އަތުން 4-0 އިން މޮޅުވެފަ އެވެ. ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލް ރޭ އަމިއްލަ ދަނޑުގައި ޕެރޫ އަތުން 4-0 އިން މޮޅުވެ 16 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް ވަނީ އަރައިފަ އެވެ.
ރޭގެ މެޗުގައި އާޖެންޓީނާ އަށް ގޯލު ހުޅުވާލައިދިނީ ވެސް 19 ވަނަ މިނެޓުގައި މެސީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލައުޓާރޯ މާޓިނޭޒާއި، ހޫލިއަން އަލްވަރޭޒް ވަނީ އާޖެންޓީނާގެ ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ތިއާގޯ އަލްމާޑާ އެވެ. މެސީ ހެޓްރިކް ފުރިހަމަކުރީ މެޗުގެ ފަހުކޮޅު ވައްދާލި ދެ ގޯލާ އެކު އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައިވާ އުމުރުން 37 އަހަރުގެ މެސީ މިހާރު ގުނަމުން ދަނީ އާޖެންޓީނާގެ ޖާޒީގައި އޭނާ ފެންނާނެ ފަހު ދުވަސްތަކެވެ. ބެލެވިފައި އޮތީ 2022 ވަނަ އަހަރު އެ ގައުމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު މެސީ ރިޓަޔާކުރާނެ ކަމަށެވެ. އޭނާ 2026 ގެ ވޯލްޑް ކަޕާ ހަމަޔަށް ގައުމީ ޓީމުގައި ދެމި ހުންނާނެކަމެއް އަދި ނޭގެ އެވެ.
ޕެރޫ އަތުން ރޭ ބްރެޒިލް 4-0 އިން މޮޅުވި މެޗުގައި ދެ ގޯލު ޖެހީ ބާސެލޯނާގެ ފޯވާޑް ރަފީނިއާ އެވެ. މި ދެ ގޯލު ވެސް އޭނާ ޖެހީ ޕެނަލްޓީންނެވެ. އަނެއް ދެ ގޯލު ޖެހީ އަންދްރެއަސް ޕެރެއިރާ އާއި، ލުއިސް ހެންރިކޭ އެވެ. މި ފަހަރުގެ ސްކޮޑުގައި އަނިޔާގެ ސަބަބުން ވިނީޝިއަސް ޖޫނިއާ ނުހިމެނެ އެވެ.
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީގެ ޕެނަންކާ ދަނޑިއަށް، ޓީމު ސަލާމަތްކުރީ ކީޕަރު
މެސީ ނެތިވެސް ސްކަލޯނީގެ އާޖެންޓީނާ ވަރުގަދަ
މެސީ، ކުރުކޮށް ފޮނިކޮށް: މުހިއްމީ މޮޅުވުން
އޮލިމްޕިކްސް އަށް ނުދާން މެސީ ނިންމައިފި
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
މެސީގެ ވާހަކަތައް އަލް ހަލީފީ ދޮގުކޮށްފި
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
މެސީ އާޖެންޓީނާއަށް ޖެހި ގޯލުގެ އަދަދު 100 އަށް