16 އޮކްޓޯބަރ 2024
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާގޮތުން މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ އެވެ. އަދި ހުޅުމާލެއަކީ މާލޭގެ އަވަށަކަށް ވީ ނަމަވެސް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟ https://t.co/HEFxLNJRoD
— Mihaaru (@Mihaarunews) October 16, 2024
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ޑްރާފްޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ގެންދާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އެކަން ކުރާނެ. މިވަގުތު ޑްރާފްޓިން ސްޓޭޖްގައި މި އުޅެނީ." އުޝާމް ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓު އުވާލުމަށް ޖޭއެސްސީން 2022 ވަނަ އަހަރު ވެސް މަސައްކަތްކުރި އެވެ. އަދި އެކަން ކުރާނެ ގޮތަކާ މެދު ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު އޭރު ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދުނެވެ.
ހުޅުމާލޭ ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމިއިރު، ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ވެސް، ހުޅުމާލޭ ކޯޓު ހުރުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެކަމަށް ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުޅުމާލޭގައި ކޯޓެއް ހުރުމުން ކަންބޮޑުވާންޖެހޭ:ހައި ކޯޓް
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
އަދުލުގެ ނިޒާމާބެހޭގޮތުން އޭޖީ އާއި ޕީޖީ މަޝްވަރާކޮށްފި
ޓެކްސް އާއި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭގޮތް ހަދަނީ
ގެއްލުނު ފައިސާ ހޯދަން މުއައްސަސާތައް މަޝްވަރާއަށް
ސްޓޭންޑް ދިފާއު ކުރައްވައި، އޭޖީ ހައްލަކާ ދިމާލަށް!
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!