Roadha Mihaaru
ލޮލުގެ ފެނުމުގެ ދުވަހަށް އައިކެއާގެ އިވެންޓެއް!

ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާގެ އިވެންޓެއް!

16 އޮކްޓޯބަރ 2024

ލޮލުގެ ސިއްހަތަށް އަހުލުވެރިކުރުވަން ފާހަގަކުރާ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމަށް އައިކެއާ އިން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލޮލުގެ ސިއްހަތަށް އަހުލުވެރިކުރުވަން ފާހަގަކުރާ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމަށް އައިކެއާ އިން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

"ލަވް ޔޯ އައިޒް"ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ ހުކުރުދުވަހު ހަވީރު އާޓިފިޝަލް ބީޗުގަ އެވެ. މި ހަރަކާތުގައި ލޮލުގެ ސިއްހަތާ ގުޅޭ އެކި މައުލޫމާތުތައް ދިނުމާއި ޑޮކްޓަރުންނަށް ލޮލުގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތާއި ލޯ ޗެކުކުރުމުގެ ހިދުމަތް ވެސް ދޭނެ އެވެ. އަދި މި ތަނުގައި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އާންމު ސިއްހަތުގެ ސްކްރީނިން ވެސް ކުރިއަށް ދާނެ އެވެ.

"ލަވް ޔޯ އައިޒް" ހަރަކާތުގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް އިސްރަށްވެހިންގެ ނާދީގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ. މި ސްޓޯލުން އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ ހަރަކާތްތަކާއި އެ ޖަމިއްޔާގެ މައުލޫމާތާއި އެ ޖައްމިއްޔާއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އަންނަ ބުރާސްފަތިދުވަހު ފާހަގަކުރާ މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަހުގެ ޝިއާރަކީ ކުޑަކުދިންނަށް ލޮލުގެ މުހިއްމުކަން އަންގައިދިނުމެވެ.

އެ ދުވަހުގެ ހާއްސަކޮށް ބާއްވާ އިވެންޓުގައި ކުޑަކުދިންނަށް އަމާޒުކޮށް ފޭސް ޕެއިންޓިން އާއި ކުލަޖެއްސުން ފަދަ މަޖާ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ އެވެ.

އައިކެއާގެ ޑިސްކައުންޓް ވައުޗަރެއް ވެސް މި އިވެންޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އެވެ.