Roadha Mihaaru

އައިކެއާގެ "ނަޔާ ރޯދަ" ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތަކެއް

އައިކެއާ އޮޕްޓިކަލްސްއިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ގޮތަށް "ނަޔާ ރޯދަ" ޕްރޮމޯޝަން ފަށައިފި އެވެ.

"ނަޔާ ރޯދަ" ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

04 ފެބުރުއަރީ 2025

އައިކެއާ އޮޕްޓިކަލްސްއިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ގޮތަށް "ނަޔާ ރޯދަ" ޕްރޮމޯޝަން ފަށައިފި އެވެ.

އައިކެއާ އޮޕްޓިކަލްސްގެ އެތެރެ.

އައިކެއާ އޮޕްޓިކަލްސްގެ އެތެރެ.

އެ ޕްރޮމޯޝަނުގައި ހާއްސަ 4 އޮފާއެއް ހިމެނެ އެވެ. ފުރަތަމަ އޮފާ އަކީ ނަމްބަރު އައިނެއްގެ ފްރޭމެއް ގަތުމުން އަވިއައިނަށް ބޮޑު ޑިސްކައުންޓެއް ލިބޭ ކޮމްބޯ އޮފާއެކެވެ. އެ އޮފާގައި ފްރޭމެއް ގަތުމަށް ފަހު 1،000ރ. އިން މަތީގެ އަވި އައިނެއް ގަންނަނަމަ 500ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި 2،000ރ. އިން މަތީގެ އަވި އައިނެއް ނަމަ 1،000ރ. ގެ ޑިސްކައުންޓް އަދި 3،000ރ. އިން މަތީގެ އަވި އައިނެއް ނަމަ 1،500ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ. މި އޮފާއަކީ ނަމްބަރު އައިނު ހައްދާ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ޕްރިމިއަމް އަވިއައިނެއް ގަތުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެ ޕްރޮމޯޝަނުގައި ހުށަހަޅާ އޮފާއެއް ކަމަށް އައިކެއާއިން ބުންޏެވެ.

އައިކެއާގައި ހުރި ފްރޭމްތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާގައި ހުރި ފްރޭމްތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެވަނަ އޮފާއެއްގެ ގޮތުގައި އައިކެއާއިން 3،000ރ. އިން މަތީގެ ޕްރިމިއަމް ފްރޭމްތަކުން 1500ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގައި "ސަނީ ސަޓަޑޭ"ގެ ނަމުގައި ކޮންމެ ހޮނިހިރު ދުވަހަކަށް ހާއްސަ އޮފާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ އޮފާގައި ކޮންމެ ހޮނިހިރު ދުވަހަކު ރިޒާވް، ނޮކްއެރައުންޑް، އާކަޑިއޯ، ސެންޓްރޯ ސްޓައިލް، ސޮލާނޯ، ސުޕަބައިކް އަދި ޓްރާންސްމިޓް ފަދަ ބްރޭންޑުތަކުގެ އަވިއައިނުތައް 990ރ. އަށް ލިބޭނެ އެވެ.

"ނަޔާ ރޯދަ" ޕްރޮމޯޝަނުގެ އެންމެ ފަހު އޮފާއެއްގެ ގޮތުގައި ހިމެނެނީ ހުރިހާ ބްރޭންޑެއްގެ އަވިއައިނަކަށް 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ އޮފާ އެވެ. އޭގެ ތެރޭގައި ޕްރިމިއަމް ބްރޭންޑުތަކުގެ އަވިއައިނުތައް ވެސް ހިމެނެ އެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރަތަކެއްގައި "ނަޔާ ރޯދަ" ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.