އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަލީ ގޮނީ ޗުއްޓީ ހޭދަކުރުމަށް އާއިލާއާ އެކު ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަލީ ގޮނީ ޗުއްޓީ ހޭދަކުރުމަށް އާއިލާއާ އެކު ރާއްޖެ އަތުވެއްޖެ އެވެ.
އަލީގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓުގަ އެވެ. އެ މީހުން ރާއްޖެ އައީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަލީގެ އިންސްޓަގްރާމްގައި ވަނީ މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އަލީ ބުނީ އާއިލާއާ އެކު ކުރާ މި ދަތުރަކީ އޭނާގެ އެންމެ ފޭވަރިޓް ދަތުރަށް ވާނެ ކަމަށެވެ.
މި ދަތުރުގައި އަލީގެ މައިންބަފައިންނާއި އެއްބަނޑު މީހުންނާއި އެ މީހުންގެ ކުދިން ބައިވެރިވެ އެވެ. އަލީގެ ލޯބިވެރިޔާ އަދި މަޝްހޫރު ޓީވީ އެކްޓްރެސް ޖޭސްމިން ބާސިން ވެސް ވަނީ އެމީހުންނާ އެކު ރާއްޖެ އައިސްފަ އެވެ.
އަލީ އާއި ޖޭސްމިން ރައްޓެހިވީ އިންޑިއާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 14 ވަނަ ސީޒަންގައި އެ ދެމީހުން ބައިވެރިވި ދުވަސްވަރު އެވެ. އެއީ 2020 ވަނަ އަހަރު އެވެ.
އަލީ އާއި ޖޭސްމިން ވެސް ވަނީ ވަރަށް މަޝްހޫރު ހިންދީ ޑްރާމާތަކުގައި މަސައްކަތްކޮށްފަ އެވެ.
ރުބީނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
އިސްތަށިގަނޑު އޮމާނީ މައިދައިތަގެ ސަބަބުން: ކެޓްރީނާ
ސޮނާކްޝީއާ ގުޅުވާ މުކޭޝް ދެއްކި ވާހަކައެއް ހޫނުވެއްޖެ