19 އޮކްޓޯބަރ 2024
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދައުލަތުގެ މާލީ ހާލަތު ބުނެދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މިދިޔަ ޖޫން މަހުން ފެށިގެން ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ރިޕޯޓް ނެރުން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ހުއްޓާލައްވައި، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހާއެކީ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭގޮތުން ކުރިއަށް ދާނެ ގޮތުގެ ލަފާ އަށް އޮޑިޓަ ޖެނެރަލް އަރިހުގައި ލިޔުމުން އެދިފައިވާނެ ކަމަށާއި މީގެ އިތުރުން، މިކަމުގައި ކުރިއަށް ދާނީ ބަންޑާރަ ނައިބުގެ ކިބައިން ލިބޭ ލަފާއާ ވެސް އެއްގޮތަށް ކަމަށެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް: 2 ބިލިއަން ރުފިޔާ ރެކޯޑް ނުކޮށް، އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި
މި ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިދިޔަ އަހަރު ހަރަދުކޮށް ރެކޯޑް ނުކޮށް ދެ ބިލިއަނެއްހާ ރުފިޔާ ހުރިއިރު، އެ ފައިސާ މި އަހަރުގެ ތެރެއަށް ރެކޯޑް ކުރެވިއްޖެ ނަމަ، އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ އެކަމަށް ގާނޫނީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެ އަހަރެއްގައި ފާސްކުރާ ބަޖެޓާ އެއްގޮތަށް ހަރަދު ކުރަންވާނެ ކަމާއި އެއާ ހިލާފަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެއާ ހިލާފަށް ބަޖެޓުން ހަރަދު ކުރާ ނަމަ، އެކަމެއް ވާނީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރުމަށް ފަހު، ސަޕްލިމެންޓް ކުރަން ބަޖެޓް ހުށަހެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް، މިދިޔަ ދައުރުގައި 2020 ވަނަ އަހަރުން ފެށިގެން ބަޖެޓް ހުށަހަޅާފައިވަނީ އެގޮތަށް ކަމަށާއި އޭރު މަޖިލީހުގައި ވެސް މި ޝަކުވާ އުފުލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް އަމަލު ކުރަމުން އައިސް، މި އަހަރާ ހަމައަށް ރެކޯޑް ނުކުރެވި ދައުލަތުން ހަރަދުކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ހުރިއިރު، މިއީ ސަރުކާރުން ބަލައި ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. މިކަމުގައި އަމަލުކޮށްފައިވާ ގޮތަކީ މާލިއްޔަތު ގާނޫނާއި ގާނޫނާއަސާސީއާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެ ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން. ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑު ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެއީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ކަމަކަށް ވެގެން ނުވާނެ،" އުޝާމް ވިދާޅުވި އެވެ.
އަދި މިފަދަ ކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓު، އޮޑިޓާ ޖެނެރަލްގެ ލަފާ ލިބުމުން، އަލުން ނެރެން ފެށުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް
ޖެނުއަރީ މަހުގެ އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ
ތިމާވެށީގެ ފައިނޭންސް ހޯދަން ހާއްސަ އެއްބަސްވުމެއް