ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް ތުރުކީން ގެނައި އަސްކަރީ ތިން ޑްރޯންގެ ބޭނުން ހިފަމުން ގެންދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.
22 އޮކްޓޯބަރ 2024
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް ތުރުކީން ގެނައި އަސްކަރީ ތިން ޑްރޯންގެ ބޭނުން ހިފަމުން ގެންދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ސިފައިންގެ ހިދުމަތުގައި ބޭނުން ކުރުމަށް 570 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ގެނައި ޑްރޯންތައް އޮޕަރޭޓު ކުރަން ފެށިފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.
ޑްރޯންގެ ބޭނުން ކުރަން ފަށާފައިވާ ނަމަ މިހާތަނަށް ބޭނުން ކުރެވިފައިވަނީ ކޮން ބޭނުމެއްގައިތޯ ސާފުކުރަން ވެސް މީކާއިލްގެ ސުވާލުގައި އެދިވަޑައިގެންފައވެ އެވެ.
ތުރުކީން ރާއްޖެއަށް ގެނައި ތިން ޑްރޯން ބޭނުން ކުރަން ފެށުމުގެ ގޮތުން މިދިޔަ މާޗު މާފަރު އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ.
ތުރުކީން ގެނައީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އެ ޑްރޯނަކީ 27 ގަޑިއިރަށް ވުރެ ގިނައިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
މި ޑްރޯންތައް ބޭނުން ކޮށްގެން ގެއްލުނު މަސްދޯންޏެއް ވަނީ އެމްއެންޑީއެފުން ހޯދައިފަ އެވެ.
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ޣައްސާން 241 ކޮމިޓީ އަށް ހާޒިރު ކުރަނީ
ޑްރޯން ދޭން އެއްވެސް ގައުމަކުން ހުށައެއް ނާޅާ!
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ގަވާއިދާހިލާފަށް ވަން ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފި
ސިފައިންގެ ވައިގެ ހިދުމަތުގެ މަރުކަޒު ހުޅުވައިފި
އަންނަ އަހަރު އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން
ރާއްޖޭން އިންޑިއާ 75 ސިފައިން ހިނގައްޖެ: މިނިސްޓަރު
ޣައްސާން ދެއްކެވި ވާހަކައަކާ ގުޅިގެން ރައީސަށް ސިޓީއެއް