ބަންގްލަދޭޝްގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން އެ ގައުމުގެ އަންހެން ދަރިވަރުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް، އަންހެނުން ހިމާޔަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފި އެވެ.
ބަންގްލަދޭޝްގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން އެ ގައުމުގެ އަންހެން ދަރިވަރުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް، އަންހެނުން ހިމާޔަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފި އެވެ.
ބައެއް ދަރިވަރުން ބުނީ ދަރިވަރުން ނުކުމެ ކުރި މުޒާހަރާތަކުން އޯގަސްޓް މަހު ޝައިޚް ހަސީނާގެ ހުދުމުހުތާރު ވެރިކަން ވައްޓާލުމުން ހާލަތު ބަދަލު އަންހެނުންނަށް ލިބޭ ރައްކާތެރިކަން އިތުރުވާނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ.
"[ހަސީނާގެ ވެރިކަން ވައްޓާލި] އިންގިލާބުގައި އަންހެނުން ގިނަވުމުން، ރޭޕްކުރުމާއި އަންހެނުންނަށް ފުރައްސާރަކުރުން ނުހިނގާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރެވުނު،" މުޒާހަރާގެ ބައިވެރިޔަކު އޭއެފްޕީ އަށް ބުންޏެވެ.
"ނަމަވެސް އެއްވެސް ބަދަލެއް ނުފެނޭ، އަޅުގަނޑުމެން މިތިބީ އަދިވެސް ހަމަ ކުރީގެ ހަމައެއްލަމައެއް ނެތް ވެރިކަމުގައި ތިބި ހާލަތުގައި."
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ބަންގްލަދޭޝް މޮހިލާ ޕަރިޝަދުން" ބުނާ ގޮތުގައި އެ މީހުންގެ ޖަމިއްޔާއިން ރެކޯޑްކޮށްފައިވާ އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި އަމަލުތައް ސެޕްޓެމްބަރު މަހު ކުރީގެ މަސްތަކާ އަޅާބަލާއިރު ހަތަރުބައިކުޅަ އެއްބަޔަށްވުރެ ވަނީ އިތުރުވެފަ އެވެ.
އެ ޖަމިއްޔާ އަކީ ގައުމީ ފެންވަރުގައި ހިންގާ 10 ނޫހަކުން މައުލޫމާތު އެއްކޮށްގެ ބަލާ ބައެކެވެ.
ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ވަނީ ގާތްގަނޑަކަށް 170 މިލިއަން މީހުން ދިރިއުޅޭ މުސްލިމް އަޣުލަބިއްޔަތު އޮތް މި ބަންގްލާދޭޝްގެ "ޗީފް އެޑްވައިޒަރު" ގެ މަގާމަށް އައްޔަންކޮށްފަ އެވެ. އުމުރުން 84 އަހަރުގެ މައިކްރޯފައިނޭންސިންގެ މާހިރެއް ކަމަށްވާ ޔޫނުސް އަކީ ވަގުތީ ވެރިޔާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް މުއައްސަސާތައް އަލުން ގާއިމުކުރުމުގެ ގޮންޖެހުންތައް ވަރަށް ބޮޑެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
ތަށިން އިސްތައްޓެއް ފެނުނަސް މިހާ އަނިޔާވެރިވާކަށްނުވާނެ
ބަންގާޅުގައި ދިވެހި އަންހެނަކު ރަހީނުކޮށްފި
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
ބަންގްލަދޭޝް ލޭބަރުން ގެނައުން އަނެއްކާ ހަރުކަށިކޮށްފި
އަންހެނުން ހިތާނުކުރުން:ދިވެއްސެއްގެ ތަޖުރިބާ ދުނިޔެއަށް
ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުންގެ ސިޔާސީ ޕާޓީއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
"ހަސީނާގެ" ގޭންގުތަކުގެ 1300 މީހަކު ހައްޔަރުކޮށްފި