Roadha Mihaaru
ދަނޑުވެރިކަމަށް ކަންނިގިއްލާ ކުއްޔަށް ދޫކުރަނީ

ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

26 އޮކްޓޯބަރ 2024

ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

އެ އަތޮޅު ހޯނޑެއްދޫ ކައުންސިލުން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބޮޑުމިނުގައި 430,000 އަކަފޫޓު ހުންނަ ކަންނިގިއްލާގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ދިރޭތަކެތި ގެންގުޅުމާއި މެރިކަލްޗާގެ މަސައްކަތް ވެސް ކުރެވޭނެ ކަމަަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ގެ ކުރިން އީއައިއޯ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. ބިޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ނޮވެންބަރު 21، އެވެ.

އެ ރަށު ކައުންސިލުން ބުނީ އަމާޒަކީ މި މަޝްރޫއުގެ ސަބަބުން ސަރަަހައްދުގެ ދަނޑުވެރިކަން ކުރި އަރައި، އިގްތިސާދީ ކުރިއެރުންތައް ހޯދުން ކަމަށެވެ.

ކަންނިގިއްލާއަކީ ހޯނޑެއްދޫއާއި މަޑަވެލީގެ ދެމެދުގައި ދެ ރަށާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. އެއީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ރިސޯޓު ތަރައްގީކުރަން ނިންމި ރަށްތަކުގެ ތެރެއިން ރަށެކެވެ.